ދިވެހިރާއްޖެ
ކިހާދޫގެ ދެކުނުފަރާތުން އަލަށް ރަށުގެ ބައެއްގެ ގޮތުގައި އިތުރު ކުރެވުނު ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުން މި އިދާރާގެ ނަންބަރު: (IUL)316/316/2026/25 އިޢުލާނާގުޅިގެން އެކަށީގެންވާ އަދަދަކަށް ކޮޓޭޝަން ލިބިފައިނުވާތީ، އެ އިއުލާން ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދެނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 މޭ 18 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މަސައްކަތް ކޮށްދެވޭނެ އަގާއި، މަސައްކަތް ކޮށްނިންމާލެވެނެ މުއްދަތު ހިމެނޭހެން ކޮޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
ކޮޓޭޝަން އީމެއިލް ކުރަށްވަނީ: [email protected] މި އީމެއިލް އެޑްރެހަށެވެ.
ކޮޓޭޝަނާއެކު ވިޔަފާރި ރަޖިސްޓްރީ ކޮޕީ ނުވަތަ ކޮޓޭޝަން ހުށަހަޅާ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތާގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
