މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް - ޕްރޮޖެކްޓް ކޯޑިނޭޓަރ (02 މަޤާމު)

ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޕްރޮޖެކްޓް ކޯޑިނޭޓަރ (ޕީ.ސީ)

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ 'ޑިވްލޮޕްމަންޓް އޮފް ވޯޓަރ، ސްވަރޭޖް، އެންޑް ވޭސްޓް ސްޕެޝަލް ޕްރޮޖެކްޓްސް މޯލްޑިވްސް' މަޝްރޫޢުތައް ކޯޑިނޭޓްކޮށް މެނޭޖްކުރާނެ 02 ޕްރޮޖެކްޓް ކޯޑިނޭޓަރުން ހޯދުމަށް ބޭނުންވެއެވެ. 

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފެނާއި ނަރުދަމާ އަދި ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކުގެ އެކިއެކި މަސައްކަތްތައް ޕްރޮޖެކްޓް ޑޮކިއުމަންޓް އަދި އިރުޝާދުނާމާ އާއި އެއްގޮތްވާގޮތުގެ މަތިން ރާވާ، މެނޭޖްކުރުމާއި އަދި މަސައްކަތްތައް މޮނިޓަރ ކުރުމާއި ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުން ހިމެނެއެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

ހ)  ޕްރޮޖެކްޓް މެނޭޖްމަންޓް، އިންޖިނިއަރިންގ، އެންވަޔަރަންމަންޓަލް ސައިންސް، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، ވޯޓަރ ރިސޯސަސް، ސަސްޓެއިނަބަލް ޑިވޮލޮޕްމަންޓް، ވޭސްޓް މެނޭޖްމަންޓް ނުވަތަ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުން

ށ)  އެޑްމިނިސްޓްރޭޝަން ނުވަތަ ކޯޑިނޭޝަން ގެ ދާއިރާއިން މަދުވެގެން 5 (ފަހެއް) އަހަރާއި 7 (ހަތެއް) އަހަރާއި ދެމެދުގެ އަމަލީ ތަޖުރިބާ ލިބިފައިވުން

ނ) ފެނާއި ނަރުދަމާ އަދި ސޮލިޑް ވޭސްޓް މެނޭޖްމަންޓް ދާއިރާއިން މަޝްރޫޢުތައް ހިންގުމުގައި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ރ) އިނގިރޭސި ބަހާއި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތްކުރަން އެގުން

ބ) މައިކްރޯސޮފްޓް އޮފީސް ބޭނުން ކުރަން އެގުމާއި މަޝްރޫއު ހިންގުމުގައި ބޭނުންކުރާ އެހެނިހެން ސޮފްޓްވެއާރތައް ބޭނުންކުރަން އެނގޭ ފަރާތަކަށްވުން

- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛ 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއެއެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށްވުން.

- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހިނެހިން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް 27،800 ރުފިޔާ އާއި 32،000 ރުފިޔާއާ ދެމެދުގެ އެލަވަންސެއް ދެވޭނެއެވެ.

މަސައްކަތުގެ މުއްދަތު

މި މަސައްކަތުގެ މުއްދަތަކީ 12 މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން 2026 ގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

-       ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރޭޝަން އޮފް އިންޓަރެސްޓް)

-       ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ)

-       ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-       ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރިޑެޓްކުރެވިފައިވާ އެޓެސްޓެޑް ކޮޕީ

-       ވަޒީފާގެ ތަޖުރިބާ ބަޔާންކޮށް، ކުރީގައި ވަޒީފާ އަދާކޮށްފައިވާ އޮފީސްތަކުން ދޫކޮށްފައިވާ ލިޔުން/ސިޓީ

-       ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް ނުވަތަ ޕޯޓްފޯލިއޯ

-       ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ

-       ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ އޮބްޖެކްޝަން' ސިޓީ

މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛  ދާއިރާއިން  ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]އީމެއިލް ކުރެއްވުން އެދެމެވެ.

ޝަޢުޤުވެރިވާ ފަރާތްތަކުން 31 މެއި 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޑިވިޜަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ދަރުބާރުގެ، 20344، އަމީނީމަގު، މާލެ، ދިވެހިރާއްޖެ.

އީމެއިލް: [email protected]

 

ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެއެވެ.

14 މޭ 2026
ހޯދާ