މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: PRC-MPL/IUL/2026/74 އާއި ގުޅޭ

                                          

1.  ބީލަމާއި ބެހޭ މަޢުލޫމާތު: 

މިކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ޔުނީފޯމް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު: PRC-MPL/IUL/2026/74  (13 މެއި 2026) ގައި ހިމަނާފައިވާ މަޢުލޫމާތު ޝީޓަށް ބަދަލު އައިސްފައިވާތީ އަލުން އިޢުލާނު ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް"  މި އިޢުލާނާއެކު  އެއްކަރުދާސް ކުރެވިފައި އެވަނީއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ. 

 

ޕްރީ-ބިޑް މީޓިންގ: (މިބީލަމާގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ)

ތާރީޚް:

21 މެއި 2026

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8 ވަނަ ފަންގިފިލާ

ގަޑި:

11:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

04 ޖޫން 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.  

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8 ވަނަ ފަންގިފިލާ

ގަޑި:

14:00

2- ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މަޢުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ބިލަން ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 03 ޖޫން 2026 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
14 މޭ 2026
ހޯދާ