މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލް

 

 

`

 

 

މަޖީދިއްޔަސްކޫލް

 މާލެ     

 

 މި ސްކޫލުގެ އިޢުލާން ނަންބަރު IUL)MS/1/2026/57) ގެ މުއްދަތު 21 މޭ 2026 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކުރެވިފައެވެ.

އިޢުލާނު

 

މަޤާމު:

 ޑެޕިއުޓީ ޕްރިންސިޕަލް

 މަޤާމުގެ ނަންބަރު:

 J-362786

 ބޭނުންވާ އަދަދު:

 01

 މަޤާމުގެ ގިންތި:

 ދާއިމީ

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 މަޖީދިއްޔާ ސްކޫލް / މާލެ

 މަޤާމުގެ ރޭންކާއި، ޕަބްލިކް ސަރވިސް ރޭންކާއި ޝަރުޠާއި، އަސާސީ މުސާރައާއި މަޤާމުގެ އެލަވަންސްތަކާއި، ހާޒިރީ ޢިނާޔާތް:

މަޤާމް ރޭންކް

ޕަބްލިކް ސަރވިސް ރޭންކާ

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

 ރޭންކު 1

ޕަބްލިކް ސަރވިސް ރޭންކް 8

ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި ތައުލީމުދޭ ނުވަތަ މަތީ ތައުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި  4 އަހަރު ޚިދުމަތްކޮށްފައިވުން.

-/13809

-/6444ރ

-/174 ރ

 ރޭންކު 2

ޕަބްލިކް ސަވިސް ރޭންކް 9

ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލެ 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތް ކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުން.

 ނުވަތަ

ޑެޕިއުޓީ ޕްރިންސިޕަލް ރޭންކް 1 ގައި 6 އަހަރު ޚިދުމަތް ކޮށްފައިވުން

-/15460ރ

-/7215ރ

-/195ރ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 1-  ޙަވާލުކުރެވޭ ދަންފަޅީގައި ސްކޫލްގެ ކިޔަވައިދިނުމާގުޅޭ އެންމެހާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

 2-  ސްކޫލްގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން. ސްކޫލްގެ ދަރިވަރުންގެ  ތަޢުލީމާ   ތަރުބިއްޔަތާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

 3- ސްކޫލްގެ ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން

 4-  ސްކޫލަށް ބޭނުންވާ ޕޮލިސީތައް އެކުލަވާލުމުގައި އިސްކޮށް ޙަރަކާތްތެރިވުން

 5-  ޙަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް، ހަފްތާއަކު އެއްފަހަރު ރިވިއު ބައްދަލުވުންތައް ބޭއްވުން.

 6-  އައު މަންހަޖު ތަންފީޒު ވަމުންދާ މިންވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރު  ކުރުން.

 7-  ދަރިވަރުންނަށް ޙާޞިލްވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު ބައްދަލުވުންތައް ބާއްވައި މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއު ކުރުން.

 8-  ދަރިވަރުންނަށް ޙާޞިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައި، ދިނުމުގެ ގޮތުން ބައްދަލުވުންތައް ރާވައި ހިންގުން.

 9-  މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް މަސައްކަތުގެ ފެންވަރު ވަޒަންކުރުން. އޭގެ ތެރޭގައި ލީޑިން ޓީޗަރުންނާއި އިދާރީ މުވައްޒަފުންގެ  ތެރެއިން   ކަނޑައެޅޭ މުވައްޒަފުން ހިމެނެއެވެ.

 10-  ސެޝަންގެ އެސެމްބްލީ ކޯޑީނޭޓް ކުރުން،

 11-  ސްކޫލްގެ ކިޔަވައިދިނުމުގެ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ބެލުމުގައި މީމިސްގެ ތެރެއިން ސްކޫލާގުޅޭ ހުރިހާ މަޢުލޫމާތެއް  ފުރިހަމަވޭތޯ ބަލައި   މީމިސްއާގުޅޭ މަސައްކަތްތައް ބެލެހެއްޓުން.

 12-  ސެޝަން މީޓިންގ ތައް ބޭއްވުން.

 13-  ސެޝަންގެ ހުރިހާ ކުލަބްތަކެއް ކޯޑިނޭޓްކޮށް މޮނިޓަރ ކުރުން.

 14-  ސްކޫލްގެ ފަރާތުން ސްކޫލް ތަމްސީލްކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޞިރުވެ، ސްކޫލް ތަމްސީލް ކުރުން.

 15-  މުޖުތަމައާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތް ކުރުން.

 16-  ޕްރިންސިޕަލް ނެތް ހާލަތްތަކުގައި ސްކޫލް ހިންގުމާ ޙަވާލުވެ ސްކޫލް ހިންގުމުގެ އެންމެހާ ޒިންމާތައް އަދާކުރުން.

 މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ތަޢުލީމީ ދާއިރާ:

 ސްކޫލް މެނޭޖުމަންޓް، އެޑިޔުކޭޝަން މެނޭޖުމަންޓް، ސްކޫލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަން  އިން  ލީޑަރޝިޕް   އެންޑް  މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ސްކޫލް ލީޑަރޝިޕް، ޓީޗަރ  ލީޑަރޝިޕް، ލީޑަރ ޝިޕް އެންޑް ޑިޖިޓަލް   އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ޗޭންޖިންގ  އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރީޓްމަންޓް އޮފް   ޑައިވަރސިޓީ،  އެޑިޔުކޭޝަނަލް ޓްރާންސްޕޯމޭޝަން،  އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން، އެޑިޔުކޭޝަނަލް   ސައިކޮލޮޖީ

ކިޔަވައިދިނުމުގެ ދާއިރާ:

 ޓީޗިންގ، އެޑިޔުކޭޝަން

 ސްޕެޝަލް އެޑިޔުކޭޝަން،  ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް،  އިންކްލޫސިވް ސްޕޭޝަލް އެޑިޔުކޭޝަނަލް ނީޑްސް،  އިންކްލޫސިވް އެންޑް ސްޕެޝަލް   އެޑިޔުކޭޝަން،  އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިޔުކޭޝަނަލް ނީޑްސް.

 ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާ

 ސްކޫލްގައި ކިޔަވައި ދިނުމަށް ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ މާއްދާއެއް.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

 ކިޔަވައިދިނުމުގެ ތަޖުރިބާ:

 ޕްރީސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކަންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން.

 ހިންގުމުގެ ދާއިރާގެ ތަޖުރިބާ:

 ތަޢުލީމާބެހޭ / މަތީ ތަޢުލީމާބެހޭ ކަންތައްތައް ބަލަހައްޓާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމުދޭ / މަތީ ތަޢުލީމުދޭ އިދާރާއެއްގެ  މެނޭޖީރިއަލް، ޕޮލިސީ   ނުވަތަ ފަންނީ މަސައްކަތްތައް، މީގެ ތެރޭގައި ލީޑިންގ ޓީޗަރުގެ ޒިންމާވެސް ހިމެނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި  ކައުންޓަރުންއަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2024/84/Annex%202%20-%20Application%20form1pnd4eve.a2u140d53hl.flr.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 4. ސިވިލްސަރވިސްއަށް / ސަރުކާރަށްޚިދުމަތްކުރުމުގެއެއްބަސްވުމެއްއޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ    ވަޒީފާއިން   ވީއްލުމާމެދު  އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ   ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި،   މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި  ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ   ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ  ނަމަ   އަދާކޮށްފައިވާ   ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު   މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް  ހާމަކޮށްދިމުގެ   ގޮތުން  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު   މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން  ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި  (އަހަރާއި   މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ  އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށްފައިވާ   އަދި  މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ  އަދާކުރި މުއްދަތާއި   (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ  އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި   އޮންނަންވާނެއެވެ.  ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ  ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ  އުވައިލައިފައިވާ   ޤައުމީ  ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ  ވަޒީފާ އަދި  ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ  އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ   އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް   ޗެކްފޯމް".

 ވަޒީފާއަށް އެންމެ   ޤާބިލު ފަރާތެއް   ހޮވުމަށް ބެލޭނެ   ކަންތައްތައް:

 

ޓީޗަރރޭންކް 1 އިންޓީޗަރރޭންކް 3 އާއިދެމެދުކްރައިޓީރިއާ

އަސާސީޝަރުޠުހަމަވުން

ޕްރިންސިޕަލް/ ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 1 ގެ ޝަރުތު ފުރިހަމަވުން

25

ޕްރިންސިޕަލް / ޑެޕިއުޓީ ޕްރިންސިޕަލް، ރޭންކް 2 ގެ ޝަރުތު ފުރިހަމަވުން

30

ތަޖުރިބާ

އަސާސީ ޝަރުތުގައި ބަޔާންކުރާ " ކިޔަވައި ދިނުމުގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

5

އަސާސީ ޝަރުތުގައި ބަޔާންކުރާ " ހިންގުމުގެ ދާއިރާގެ ތަޖުރިބާ" ގެ މުއްދަތަށް ވުރެ އިތުރުވާ ތަޖުރިބާ

5

އިންޓަރވިއު 

40

ޕްރެކްޓިކަލް 

20

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ ގެ 14:00 ގެ ކުރިން، މަޖީދިއްޔާ ސްކޫލަށެވެ.  ވަޒީފާއަށް އެދޭ   ފޯމާއި  ލިޔުންތައް އީ-މެއިލް [email protected]   މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް  ވަޒީފާއަށް އެދޭ   ފޯމު   ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ  މުއްދަތު   ބޭނުންވާނަމަ،   އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް   ޝޯޓްލިސްޓުކުރެވޭނެއެވެ.

 އެސެސްމަންޓް އަދި އިންޓަރވިއު (ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

 ހ. މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނެ ދުވަހާއި ތަން އަދި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10   ދުވަސްތެރޭގައި އެންގޭނެއެވެ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް  ތައްޔާރުވެގެން  ތިބުން އެދެމެވެ.

 

 ށ. އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2  ޝީޓު)"   އާންމުކޮށް   ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ  ފަރާތްތަކަށް  ޕޮއިންޓު ދެވިފައިވާ ގޮތާމެދު   ޝަކުވާއެއް   އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ  ބަންދު ނޫން  3  ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315687 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން  (https://www.csc.gov.mv/Policy/Index/74) އިން ލިބެން ހުންނާނެއެވެ.

26 ޒުލްގަޢިދާ 1447

 

 

 

14 މޭ 2026
ހޯދާ