މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރު ވުމުގެ ދަރުބާރުގެ ގަޑި ބަދަލުވުމާއިގުޅޭ:

04 އެޕްރީލް 2026 ވަނަ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައި ކުރުމާއި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 މޭ 2026 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 20:45 ގައި ލަންދޫ ސްކޫލް ހޯލުގައި ކަމުގައި ދެންނެވީމެވެ.

                  ވީމާ، މިދަރުބާރުގައި ބައިވެރިވުމަށް ލަންދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް

ދަޢުވަތު އަރުވަމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 މޭ 2026
ހޯދާ