ދިވެހިރާއްޖެ
ނަންބަރު:354/354/2026/14(IUL)
|
އިޢުލާނު 5 ވަނަ ދައުރުގެ ކައުންސިލް މެމްބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން އިޤުރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދައުވަތު އެރުވުން. ލޯކަލް ކައުންސިލް އިންތިޙާބުގެ 5 ވަނަ ދައުރަށް އދ.ދިއްދޫއިން އިންތިޙާބުވެފައިވާ ކައުންސިލް މެމްބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމަށް ބާއްވާ ޙާއްސަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތާރީޚު: 17 މެއި 2026 (އާދީއްތަ ދުވަސް) ގަޑި: 14:30 ގައި ތަން: އދ.ދިއްދޫ ސްކޫލް ހޯލް އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. |
25 ޛުލްޤައިދާ 1447
13 މެއި 2026
