ދިވެހިރާއްޖެ
ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގައިވާ ގޮތުގެމަތީން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއް ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކުން މިކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ.
މިކައުންސިލްގެ އިދާރީ މުވައްޒަފުންގެ ދަތިކަން ހުރުމާއެކު މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރަސްމީ ދުވަހެއްގެ 10:00 އިން 12:00 އަށް، ކޮންމެ ދުވަހަކުވެސް މިކައުންސިލްގައި ނަންނޯޓުކުރައްވާ ތަރުތީބަކުން އެންމެ ގިނަވެގެން 10 ފަރާތަކަށެވެ.
ވީމާ، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯރކް ޕާރމިޓް، ޕާސްޕޯރޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުމަކާއެކު ބިދޭސީން މިއިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި ހަމައެހެންމެ، އަދާހަމަކުރަންޖެހޭ މަޢުލޫމާތު ތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނޭތީ، މިފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ޙާޟިރުވުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
