ދިވެހިރާއްޖެ
ޢިއުލާން
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން
5 ވަނަ ދައުރަށް ދ.މީދޫއިން އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)
ގަޑި : މެންދުރު 12:50ގައި
ތަން: ދ.އަތޮޅު މަދަރުސާ
މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، މީދޫގެ ލޮބުވެތި ރައްޔިތުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ވީމާ، ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ޛުލްޤައިދާ 1447
13 މޭ 2026
