ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން

ވަޒީފާގެ ފުރުސަތު

 

މަޤާމް:          ޑިރެކްޓަރ، ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން

ބޭނުންވާ ޢަދަދު:       01 (އެކެއް)

މަޤާމުގެ ގިންތި:       ދާއިމީ

މަޤާމުގެ ރޭންކް:      ޕަބްލިކް ސަރވިސް ރޭންކް 9 - ހަރުފަތް 1  

މަޤާމުގެ ކްލެސިފިކޭޝަން:   ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން މެނޭޖަރސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހެޑް އޮފީސް / މާލެ

މުސާރަ:          -/16,550 ރުފިޔާ

އެހެނިހެން އިނާޔަތް:

  1. މަޤާމުގެ އެލަވަންސް: 9,480/- ރުފިޔާ
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 255/- ރުފިޔާ
  3. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

މި އޮފީހުގެ ހިއުމަން ރިސޯސް ސެކްޝަންގެ އެންމެހައި ކަންކަން ހިންގައި ބަލަހައްޓައި ހިއުމަން ރިސޯސް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކުރުން.

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން. ނުވަތަ،
  2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސއްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ހިއުމަން ރިސޯސަސް، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތާ ގުޅޭ

ހިއުމަން ރިސޯސް ދާއިރާ / މެނޭޖްމަންޓް ދާއިރާ

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  21 މެއި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 މެއި 2026 – 21 ޖޫން 2026 ވަނަ ދުވަހު މާލޭގައެވެ.

 

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-     ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-     މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-     ވަނަވަރު

4-     ދރއ. ކާޑުގެ ކޮޕީ

5-     ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

25 ޛުލްޤަޢިދާ 1447

12 މެއި 2026

12 މޭ 2026
ހޯދާ