ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވާ މާލަން ބަދަލުވުން
ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް ދ.ކުޑަހުވަދޫއިން އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރަށް ކުޑަހުވަދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން ނަށް ދައުވަތު އެރުވުމަށް ކޮށްފައިވާ އިޢުލާނު ނަންބަރު (IUL)381-A/381/2026/25 ގައި ބުނެފައިވާ ދަރުބާރު ކުރިއަށް ދާ މާލަން ވަނީ ބަދަލުވެފައެވެ. މިހާރު ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލް ގައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
25 ޛުލްޤައިދާ 1447
12 މޭ 2026
