އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކަމަޑޭޝަން ރޫމްތަކުގައި ބޭނުން ކޮށްފައި ހުރި ބައެއް ތަކެއްޗާއި، ވޯޑްތަކުގައި ބޭނުންކޮށްފައި ހުރި ތަކެތި ނީލަންކިޔުން

އިޢުލާން

 އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކަމަޑޭޝަން ރޫމްތަކުގައި ބޭނުން ކޮށްފައި ހުރި ބައެއް ފަރުނީޗަރ އަދި އެއާއި ގުޅުންހުރި ތަކެއްޗާއި،  ވޯޑްތަކުން ބޭނުން ނުކުރާ ބައެއް މެޑިކަލް ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ.

               ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިއަށް މިހޮސްޕިޓަލަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަގު ހުށަހެޅުއްވުން އެދެމެވެ.

ތަން

ގަޑި

ތާރީޚް

ތަފްޞީލު

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

10:00

18 މެއި 2026

 

ނީލަމުގައިބައިވެރިވުމަށް ނަންނޯޓްކުރުން  

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

13:00 

19 މެއި 2026

 

އަގު ހުށަހެޅުއްވުމަށް

  • ނީލަމުގައި އަގު ހުށަހެޅޭނީ ނަންނޯޓްކުރުމަށް ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ. 
  • ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • އަގު ހުށަހަޅަންވާނީ ކޮންމެ ލޮޓް އަކަށް ވަކިންނެވެ.

މުދާ ގެންދިޔުން

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާރޓްމަންޓަށް ފައިސާ ދެއްކުމަށްފަހު ، ނީލަމުން ނަގާ މުދާ  24 ގަޑިއިރު ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ ، ނީލަން ނެގި ފަރާތުން ބޭނުންނުވާ ކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ.

  • އިތުރު މައުލޫމާތު ، 3335201, 3335349

 

24 ޛުލްގައިދާ 1447

12 މެއި 2026

12 މޭ 2026
ހޯދާ