ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިނަރެސް ޖަމްޢިއްޔާގެ އިދާރީ އޮފީސް ހިންގުމަށާއި އެޖަމްޢިއްޔާގެ ޙަރަކާތްތަކަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް ފަރާތެއްގެ އުފުލޭ މުދަލެއް ހުރިނަމަ އެމުދަލެއް ނެގުމާ ގުޅޭ

ވިނަރެސް ޖަމްޢިއްޔާގެ އިދާރީ އޮފީސް ހިންގުމަށާއި އެޖަމްޢިއްޔާގެ ޙަރަކާތްތަކަށް ދޫކޮށްފައިވާ ބިމުގައި ބިން ބޭނުންކުރި މަޤްޞަދު ޙާޞިލްވާނެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާތާ ގިނަ އަހަރުތަކެއް ވެފައިވާތީއާއި އެބިން ނުބެލެހެއްޓުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް އެކި އެކި އުނދަގޫތައް ކުރިމަތިވާކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީއާއި ސަރުކާރުން އެންމެ ފަހުން ޢާންމުކުރި ޙަރަކާތްތެރި ޖަމްޢިއްޔާތަކުގެ ދަފްތަރުގައި ވިނަރެސް ޖަމްޢިއްޔާގެ ނަން ނެތުމާއެކު، އެ ބިމާއި އެބިމުގައިވާ ނުއުފުލޭ މުދާ ކައުންސިލަށް ނެގުމަށް، 6 މާރިޗު 2026 ގައި ބޭއްވި މިކައުންސިލްގެ 220 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ.

ވީމާ މިދެންނެވި ބިމުގައި އެއްވެސް ފަރާތެއްގެ އުފުލޭ މުދަލެއް ވާނަމަ 15 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން މިކައުންސިލަށް ލިޔުމުން ހުށަހަޅައި މުދަލާ ޙަވާލުވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ޙަވާލުވާނެ ފަރާތެއް ނުވާ މުދަލެއް ވާނަމަ އެއީ ރައްޔިތު މުދާކަމުގައި ބަލައި އެ މުދަލެއް ކައުންސިލަށް ނެގުމަށް ހަމަޖެހިފައިވާތީ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 މޭ 2026
ހޯދާ