ދިވެހިރާއްޖެ
ނަންބަރު:HDC(161)-FPR/IU/2026/129
އިޢުލާން
ކ. ތިލަފުށީގެ ފަޅުތެރޭގައިހުރި އުޅަނދުތަކާބެހޭ
ކ.ތިލަފުށީ ގައި ހިންގާ ތަރައްޤީގެ މަސައްކަތްތަކަށް ހުރަސް އެޅޭނެހެން ފަޅު ތެރޭގައި ދޫކޮއްލަފައިވާ، އަދި އެސަރަހައްދަށް އަޑިޔަށް ގޮސްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިކޯޕަރޭޝަނުން ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިއެވެ.
ވީމާ، މި އިޢުލާނުގެ ޖަދުވަލު 1 ގައި ފާހަގަކުރެވިފައިވާ އުޅަނދުތައް މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި އުޅަނދުތައް ނަގާފައި ނުވާނަމަ މިކޯޕަރޭޝަނުން ގެޒެޓް ކޮއްފައިވާ އުޞޫލު ނަންބަރު: G-7/2023 "ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު ޢަމަލުކުރުމުގެ އުޞޫލު" ގެ ދަށުން އުޅަނދުތަކާމެދު ޢަމަލުކުރެވޭނެ ވާހަކަ އަންގާ އިޢުލާނުކުރީމެވެ.
އަދި، މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.
24 ޛުލްޤަޢިދާ 1447ހ
11 މެއި 2026
