މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ ލ. މާބައިދޫ ކޯރު އަދި ފުށިކަނޑު ސަރަހައްދުގެ ޒޯނޭޝަންއާއި އިތުރު ތަފްސީލު މުރާޖާޢާކުރުން
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު)ގެ 4 ވަނަ މާއްދާގެ ދަށުން 23 ޑިސެމްބަރ 2021 ގައި މި މިނިސްޓްރީން ޙިމާޔަތްކޮށްފައިވާ ލ. މާބައިދޫ ކޯރު އަދި ފުށިކަނޑު ސަރަހައްދުގެ އިންތަކާއި މިންތައް އަދި އިތުރު ތަފްޞީލު ތިރީގައިވާ ގޮތަށް، 12 މޭ 2026 ން ފެށިގެން މުރާޖަޢާކޮށްފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލުކުރާނީ ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ޢާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
12 މޭ 2026
ހޯދާ
