ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި ކައުންސިލް ގުޅިގެން ހިންގާ ޤްރުއާން ކުލާސްތައް ފެށުމާ ގުޅޭ

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި ކައުންސިލް ގުޅިގެން ހިންގާ ޤްރުއާން ކުލާސްތައް ފެށުމާ ގުޅޭ

ދ.މީދޫގެ ރައްޔިތުންގެ މެދުގައި ކީރިތި ޤްރުއާން ކިޔެވުމަށް ލޯބިޖައްސައި، ޤްރުއާން ތަޖްވީދުމަގަށް ކިޔަވައި ހިތުދަސްކޮށް ޤްރުއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކައުންސިލުން ކުރިއަށް ގެންދާ ޤްރުއާން ކުލާސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

 މިގޮތުން، މި ކުލާސްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ 13 މެއި 2026 ވާ ބުދަ ދުވަހުގައެވެ. ފުރަތަމަ މަރުޙަލާގައި ކުރިއަށްދާނީ ހުރިހާ ޢުމުރުފުރާއަކަށްވެސް ބަލައިގެން ކިޔެވުމުގެ ކުލާސްތަކެވެ. އަދި ޙިފްޡުކޮށް ކިޔަވަން ބައިވެރިވެފައިވާ ދަރިވަރުންނަށްވެސް މި ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ. މި ކުލާސްތައް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެން، ކޮންމެ ހަފުތާއަކުވެސް ކަނޑައެޅޭ ވަކި ދުވަސްތަކެއްގައެވެ. ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދ. މީދޫ ޕްރީސްކޫލްގައެވެ. މި ކުލާސްތައް ކުރިއަށްދާނެ ތާވަލު (ޝެޑިއުލް) މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

ވީމާ، ކުލާސްތަކުގައި ބައިވެރިވާ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިން މިކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

12 މޭ 2026
ހޯދާ