މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގައި އުޅޭ ބިދޭސީ މަސައްކަތްތެރީން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީ ވުމާއިގުޅޭ
އަލިފުށީގައި އުޅޭ ބިދޭސީންގެ މައުލޫމާތު (ބަޔޯމެޓްރިކް ޑާޓާ) އެއްކުރުމުގެ މަސައްކަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 13:00 ން 14:00 އަށް ކައުންސިލްއިދާރާގައި ކުރިއަށްދާނެއެވެ.
އެހެންކަމުން ބިދޭސީން ގެންގުޅުއްވާ ފަރާތްތަކުން އެފަރާތްތަކުގެ ހަވާލުގައިވާ، ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމަށް ފޮނުއްވައިދެއްވުން އެދެމެވެ. ބިދޭސީންގެ މައުލޫމާތު ނެގުމަށް ފޮނުއްވާއިރު، އެފަރާތުގެ ޕާސްޕޯޓާއި ވޯކްޕާރމިޓް ހިފައިގެން ދުރުވުމަށް ދަންނަވައިދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މައުލޫމާތު އަދާހަމަ ކުރުމަށް ފޮނުއްވާދެއްވުން އެދެމެވެ.
ވީމާ، މި ކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
25 ޛުލްޤައިދާ 1447
12 މޭ 2026
ހޯދާ
