ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ، 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު 17 މޭ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ގައި ބުރުނީ ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަރުބާރަކީ ލާމަރުކަޒީ ހިންގުމުގެ ހަޔާތުގައި 5 ވަނަ ދައުރުގެ އެންމެ މުހިންމު ރަސްމިއްޔާތުކަމުން، ބުރުނީގެ އެންމެހާ ލޮބުވެތި ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

ވީމާ، މިދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް 17 މޭ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:30 އަށް ބުރުނީ ސްކޫލް ހޯލަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 މޭ 2026
ހޯދާ