ދިވެހިރާއްޖެ
އިޢުލާން
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލަށް އިންތިހާބުކުރެވުނު 05 ވަނަ ކައުންސިލް ހުވާކުރުމާއި، އ.ތ.މ ކޮމިޓީގެ މެމްބަރުން އިޤްރާރުވުމުގެ ދަރުބާރަށް ދަޢުވަތު އެރުވުން
އަލަށް އިންތިޙާބް ކުރެވިފައިވާ ރ.ވާދޫ ކައުންސިލް ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިޤްރާރުވުމުގެ ދަރުބާރު 2026 މޭ 17 ވާ އާދީއްތަ ދުވަހު، ވާދޫ ސްކޫލުގެ ހޯލުގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިދަރުބާރުގައި ބައިވެރިވުމަށް 2026 މޭ 17 ވާ އާދީއްތަ ދުވަހުގެ 16:15 އަށް ވާދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
ރަސްމިއްޔާތުގެ އެޖެންޑާ:
|
ދަރުބާރަށް ބޭފުޅުން ވަޑައިގަތުން. |
|
ޤުރުއާންގެ ބަރަކާތުން ދަރުބާރު ފެށުން. |
|
ތަޢާރަފް |
|
ކައުންސިލަރުން ހުވާކުރެއްވުން. |
|
ހުވާގެ އިޤްރާރުގައި ކައުންސިލަރުން ސޮއިކުރެއްވުން. |
|
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިޤްރާރުގައި ސޮއިކުރެއްވުން. |
|
ޤައުމީ ސަލާމުން ދަރުބާރު ނިންމުން. |
|
ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ފޮޓޯ ނެގުން. |
މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ޛުލްޤަޢިދާ 1447
11 މެއި 2026
