ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮއްކުރާ ރޭސް އަދި ވާދެމުމުގެ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ ޓީމުތަކުން 18 މެއި 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ނަންބަރ: 4005080 ފޯނަށް ގުޅުއްވާ ޓީމް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
ޓީމް ރަޖިސްޓްރީކުރުމަށް ބޭނުންވާނެ މަޢުލޫމާތު:
- ޓީމްގެ ނަން
- ޓީމްގެ ކުލަ
- ޓީމްގެ މެނޭޖަރުގެ ނަމާއި އެޑްރެސް
- ޓީމްގެ މެނޭޖަރުގެ ފޯން ނަންބަރު
ދެޓީމަކުން އެއްކުލައެއް އަދި އެއްނަމެއް ހުށައަޅައިފިނަމަ ފަހުން ހުށައަޅާ ޓީމަށް ކުލަ އަދި ނަން ބަދަލު ކުރަންއެންގޭނެ ކަމުގައި ދެންނެވީމެވެ.
އަދި ރަޖިސްޓްރީކުރެވޭ ޓީމްތަކަށް މި ދެމުބާރާތުގެ ޤަވާއިދު އަދި ޓީމްލިސްޓް ހުށަހަޅާނެ ތާރީޚެއް ފަހުން އެންގޭނެކަމުގައިވެސް ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
