ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
މި ސުކޫލުގެ ތިރީގައި މި ދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ.

`

 

 

ކުރިނބީ ސްކޫލް

ހދ. ކުރިނބި، ދިވެހިރާއްޖެ

                     ނަންބަރު:922/IUL/2026/012

އިޢުލާން

މި ސުކޫލުގެ ތިރީގައި މި ދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ.

 

މި ސްކޫލުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި ނީލަންކިޔުން 2026 މޭ 13 ވާ ބުދަދުވަހު ހަވިރު 4:30 ގައި މި ސްކޫލް ގޯތިތެރޭގައި އޮންނާނެއެވެ.

މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން  2026 މޭ 13 ވާ ބުދަދުވަހުގެ ހަވީރު 4:20 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ، ތަކެތި ނަންގަވާ ފަރާތްތަކުން ބަނޑޭރިޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، ނީލަން ނިމޭތާ 24 ގަޑިއިރުތެރޭ ތަކެތި ގެންގޮސްނިންމަންވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކުރިނބީ ސްކޫލް / ހދ.ކުރިނބި

ފޯން:6520532

އީމެއިލް: [email protected]

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

1447 K 24

11 މޭ 2026

 

 

 

 

 

މުޙައްމަދު ފަޔާޟް

އެޑްމިނިސްޓްރޭޓަރ

11 މޭ 2026
ހޯދާ