މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ދަޢުވަތު އެރުވުން

ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް ބ.މާޅޮހުން އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)

ގަޑި  : ރޭގަނޑު 08:30

ތަން:   ބ.މާޅޮހު ސްކޫލް ހޯލް

     މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، ބ.މާޅޮހުގެ ލޮބުވެތި ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. މި ރަސްމިއްޔާތުގައި ސްކޫލްކުދިން ބައިވެރިވުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ.

11 މޭ 2026
ހޯދާ