ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: ރިލީފް ޓީޗަރ (ދިވެހި)
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމު އޮތްއޮފީސް: ގދ. އަތޮޅު މަދަރުސާ
ގިންތި: ވަގުތީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ގދ. އަތޮޅު މަދަރުސާގެ އެކަޑަމިކް ސެކްޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. މި މަދަރުސާއިން ހަމަޖައްސާ ކިލާސްތަކަށް (ގްރޭޑް 6،7 އަށް) ދިވެހި ކިޔަވައިދިނުން.
2. ކިޔަވައިދިނުމުގެ ކުރިން ކިޔަވައިދިނުމަށްޓަކައި ތައްޔާރުކުރަންޖެހޭ ސްކީމްތަކާއި ލެސަން ޕްލޭންތައް ތައްޔާރުކުރުން.
3. ކިޔަވައިދެވޭގޮތުގެ މަޢުލޫމާތު ކިލާސް ރެކޯޑްތަކުގައި ދުވަހުން ދުވަހަށް ލިޔުން.
4. ދަރިވަރުންގެ ފެންވަރު ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
5. ދަރިވަރުންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުމަށް މަދަރުސާގެ އެހެން ޓީޗަރުންނާއި ލީޑިންގ ޓީޗަރުންގެ އެހީތެރިކަން ހޯދައިގެން ކިޔަވައިދިނުމާ ގުޅޭ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔުން.
6. ދަރިވަރުންގެ ތެރެއިން އުނގެނުމުގެ ފެންވަރުދަށް ކުދިންނަށް އިތުރުއެހީދޭ ކިލާސްތައް ނަގައިގެން އެފަދަ ކުދިންގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
7. ދަރިވަރުންގެ ކިޔެވުމާއި ސްލޫކީ މިންގަނޑާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ބެލެނިވެރިންނާ ހިއްސާކުރުން.
8. ދަރިވަރުންނަށް ރަނގަޅު ނަމޫނާއަކަށް ވުމަށްޓަކައި ތިމާގެ އުޅުން ދަރިވަރުންނާއި ބެލެނިވެރިންނާއި މުޖުތަމަޢު ބަލައިގަންނާނެ ފަދަ ރަނގަޅުގޮތަކަށް ބެހެއްޓުން.
| 
 މަޤާމުގެ ނަން  | 
 މަޤާމުގެ ކްލެސިފިކޭޝަން  | 
 ސިވިލް ސަރވިސް ރޭންކް  | 
 އަސާސީ ޝަރުޠު  | 
 އަސާސީ މުސާރަ  | 
 ސަރވިސް އެލަވަންސް  | 
| 
 ޓީޗަރ 
  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 CS13-5  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 9850.00 ރުފިޔާ  | 
 2500.00 ރުފިޔާ 
  | 
| 
 CS13-4  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 9360.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 CS13-3  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 8890.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 
 CS13-2 
 
  | 
 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓް ކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛  | 
 8440.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 ޓީޗަރ 
  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 CS11-5  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 9250.00 ރުފިޔާ  | 
 2500.00 ރުފިޔާ 
  | 
| 
 CS11-4  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 7840.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 
  | 
 
  | 
 CS11-3  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 7450.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
| 
 
 CS11-2 
 
  | 
 ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ 6 ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓް ކޮށްފައިވުން. އަދި ސެންޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛  | 
 7070.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 ޓީޗަރ  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 CS9-5  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 6750.00 ރުފިޔާ  | 
 2500.00 ރުފިޔާ 
  | 
| 
 CS9-4  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 6410.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 CS9-3  | 
 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %80 އަށްވުރެ މަތިން މާކްސް ލިބިފައިވުން.  | 
 6090.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 
 CS9-2  | 
 ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.  | 
 5780.00 ރުފިޔާ  | 
 2500.00 ރުފިޔާ  | 
||
| 
 ޓީޗަރ  | 
 ސްކޫލް ރިލީފް ޓީޗަރ  | 
 GS3  | 
 ޖީ.ސީ.އީ / ކޭމްބްރިޖް އޯ ލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި 2 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުން.  | 
 4000.00 ރުފިޔާ  | 
 1500.00 ރުފިޔާ  | 
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1 ލިބިފައިވާ ތަޢުލީމާއި ތަމްރީން: % 50
2 މަސައްކަތުގެ ތަޖުރިބާ: % 16
3 މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތަކަށް: % 34
އިންޓަވިއު ކުރުން:
(1) އިންޓަވިޔު އޮންނާނީ، ގދ. އަތޮޅު މަދަރުސާގެ އިދާރާގައެވެ.
(2) އިންޓަވިޔުއަށް ހޮވޭ ފަރާތްތަކަށް، އިންޓަވިޔު ބޭއްވޭނެ ތަނާއި އިންޓަވިޔު ކުރުން އޮންނަ ތާރީޚާއި ގަޑި މި މަދަރުސާއިން ލިޔުމުން އަންގަމުން ގެންދާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ވަޒީފާއަށް އެދި ފުރިހަމަކޮށްފައި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރައިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އާ ދެމެދު ގދ. އަތޮޅު މަދަރުސާގެ އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖަނަވަރީ 11 ވަނަ ހޯމަދުވަހުގެ މެންދުރުފަހު 2:00 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ގދ. އަތޮޅު މަދަރުސާގެ 7983083 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
20 ރަބީޢުލްއައްޥަލް 1437
