ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 ގއ.އަތޮޅު ތައުލީމީ މަރުކަޒު

   ގއ.ވިލިނގިލި

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

2026 ވަނަ އަހަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެ:

  1. 2026 ވަނަ އަހަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން (GS05-C /IUL/2025/09 ) ގެ ޕޮއިންޓް ދޭން ހަމަޖެހިފައިވާ ގޮތުގެ ޓޭބަލް ރަގަނޅު ނޫން ކަމަށް ފެންނާތީވެ އެ އިއުލާން ބާތިލުކޮށް، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2026 މެއި 10 އިން 2026  މެއި 13 އަށް ބަންދުނޫން ކޮންމެ ދުވަހަކު ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ. އަދި މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2026 މެއި 14 ވަނަ ދުވަހުގެ 10:30 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 މެއި 16 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މެއި 17 ވަނަ ދުވަހުގެ 10:30 ގައިގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
  6. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 3,000/-ރ.(ތިންހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 15 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގއ.އަތޮޅު ތަޢުލީމީ މަރުކަޒު

ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.

ފޯން:  6820029

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

23 ޛުލްޤައިދާ 1447

 10  މެއި  2026

10 މޭ 2026
ހޯދާ