ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު 2026

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2010 ގެ ދަށުން ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު، 17 މޭ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި ވިލުފުށީ ސުކޫލް ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ދަރުބާރުގައި ވިލުފުށީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން އެދި ދަޢުވަތު އަރުވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 މޭ 2026
ހޯދާ