ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
5ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން
ފ. ދަރަނބޫދޫ ކައުންސިލްގެ، 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު 17 މޭ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 09:00ގައި ދާރުލްޢުލޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަރުބާރަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިއްމު ދަރުބާރަކަށް ވާތީ، ފ. ދަރަނބޫދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ވީމާ، މިދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުމަށް 17 މޭ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:45 އަށް ދާރުލްޢުލޫމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 މޭ 2026
ހޯދާ
