އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
5ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން
އދ.ފެންފުށީ ކައުންސިލްގެ، 5 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުންހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ޚާއްޞަ ރަސްމިއްޔާތު 17 މޭ 2026 ވާ އާދީއްތަ ދުވަހު މެންދުރު 12:30ގައި އދ. ފެންފުށީ ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، ފެންފުށީގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރި ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
10 މޭ 2026
ހޯދާ
