މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ 5 ވަނަ ދައުރުގެ ކައުންސިލަރުން ހުވާކުރުމާއި އ.ތ.މ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރުމުގެ ދަރުބާރާއިގުޅޭ

މިކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި، ރ. މަޑުއްވަރީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުވުމުގެ ދަރުބާރު 2026 މެއި 17 ވާ އާދީއްތަ ދުވަހު ހެނދުނު 8:45ގައި މަޑުއްވަރީ ސްކޫލް ހޯލްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިދަރުބާރުގެ އަޑާއި މަންޒަރު ކައުންސިލްގެ ފޭސްބުކް ޕޭޖުންނާއި ޔޫޓިއުބް ޗެނަލްއިން ވަގުތުން ދުރަށް ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

މިއީ ރަށުގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ދަރުބާރަކަށްވާތީ، މަޑުއްވަރީގެ އެންމެހައި ލޮބުވެތި ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެދެއްވުމަކީ މިކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ. ވުމާއެކު މިދަރުބާރަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 މޭ 2026
ހޯދާ