މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންތިޚާބުވެފައިވާ ކައުންސިލް މެންބަރު ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ބޭއްވޭކަން އާންމުކުރުން

ނަންބަރު (IUL)292-HR/292/2026/15 :

 

އިޢުލާން

 

                  މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ އިން ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް  އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ޚާއްޞަ ރަސްމިއްޔާތު 17 މޭ 2026 ވާ އާދީއްތަ ހެނދުނު 08:45 ގައި ނ.މިލަދޫ ޒުވާނުންގެ މަރުކަޒްގައ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

                           މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، މިލަދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

                    ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.     

                       22 ޛުލްޤަޢިދާ 1447

                    10 މެއި 2026 

                                              

 

10 މޭ 2026
ހޯދާ