މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ވަނަ ދައުރުގެ ކައުންސިލް މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވުން

               ލޯކަލް ކައުންސިލް އިންތިޚާބުގެ 5 ވަނަ ދައުރަށް ރ. ދުވާފަރުން އިންތިޚާބުވެފައިވާ ކައުންސިލް މެންބަރުން ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤްރާރުވުމަށް ބާއްވާ ޚާއްޞަ ދަރުބާރު ތިރީގައިވާ ތާރީޚާއި ވަގުތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތާރީޚު: 17 މޭ 2026 (އާދީއްތަ ދުވަސް)
ގަޑި  : ހެނދުނު 8:30 ގައި
ތަން:   ދުވާފަރު ޕްރައިމާރީ ސްކޫލް

              މި ރަސްމިއްޔާތަކީ ރަށުގެ ތަރައްޤީއާއި ކުރިމަގާ ގުޅިފައިވާ މުހިންމު ރަސްމިއްޔާތަކަށް ވާތީ، ދުވާފަރުގެ ލޮބުވެތި އެންމެހާ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. އެހެންކަމުން ވީހާވެސް ގިނަ ރައްޔިތުން މި ދަރުބާރުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

              ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

09 މޭ 2026
ހޯދާ