ފާދިއްޕޮޅު އޮޅުވެލިފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޓެންޑެންޓުގެ މަޤާމަށް މުވައްޒަފެއް ހޯދުން

އޮޅުވެލިފުށި ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝަވްޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝަޢުޤުވެރިކަން ހުރި ޤާބިލް ފަރާތެކެވެ.

 

ހެލްތު ކެއަރ އެޓެންޑެންޓު

މަޤާމް:

 J-451797

މަޤާމުގެ ނަންބަރު:

01 ( އެކެއް )

ބޭނުންވާ ޢަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޕަބްލިކް ސާރވިސް ރޭންކް 1

މަޤާމުގެ ރޭންކް:

-

މަޤާމުގެ ކްލެސިފިކޭޝަން:

އޮޅުވެލިފުށި ޞިއްޙީމަރުކަޒު      

ވަޒީފާ އަދާކުރަންޖެހޭ ތަން:

8255.00 ރުފިޔާ

މުސާރަ:

2475.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

1- ހާޒިރީ އިނާޔަތް:  65 ރުފިޔާ (މަސައްކަތަށް ހާޒިރުވާ ދުވަހަކަށް)

 

ޙާޟިރީ އެލަވަންސް:

  • ޞިއްޙީމަރުކަޒުގެ ކްލިނިކަލް އޭރިއާ ( އައި.ޕީ.ޑީ، އިމާރޖެންސީ ޑިޕާރޓްމެންޓް، ލޭބަރ ރޫމް، ޑްރެސިންގް ރޫމް، ލެބޯޓަރީ، ވޯރޑް ) އާއި އޮފީސް އިމާރާތާއި ޢިމާރާތާއި އިންވެގެން ހުރި ތަންތަން ފޮޅާ ސާފްކޮށް މޮޕްލުމާއި، މިތަންތަނުގައިވާ ފާހާނަތައް ފޮޅާސާފުކޮށް ޑިސްއިންފެކްޓް ކުރުން.
  • ޞިއްޙީމަރުކަޒުގެ ކްލިނިކަލް އޭރިއާ ތަކުގައި އުފެދޭ ނުރައްކާތެރި ކުނި (ބަޔޯ ހަޒާރޑް)، ކަނޑައެޅިފައިވާ އުސޫލްގެތެއިން ބަންދުކޮށް، އެތަކެތި ނައްތާލުމަށް ކަނޑައެޅިފައިވާ ސަރަހަދަށް ގެންދިއުމާއި ، ޞިއްޙީމަރުކަޒުގައި އުކާލަންހުންނަ ތަކެތި ދުވަހުންދުވަހަށް ރައްކާތެރިކަމާއި އެކު އުކާލާ އަންދާލަން ޖެހޭ ތަކެތި އަންދާލުން. ބަޔޯ ހަޒާޑްގެ ގޮތުގައި ނެރެވޭތަކެތި ރައްކާތެރިކަމާއި އެކު ނައްތާލުމުގައި އެހީތެރިވުން
  • ޞިއްޙީމަރުކަޒުގެ ކްލިނިކަލް އޭރިޔާ ތަކުގައިވާ އިކްވިޕްމެންޓް ތަކާއި، މެޝިނަރީސް އަދި ފަރްނީޗާރ އަދި ޓޫލްސް ސާފުކޮށް ބެލެހެއްޓުމާއި ، ޞިއްޙީމަރުކަޒުގެ ވޯރޑްތަކާއި ފާޚާނާތައް ، ބޭސްއަޅާކޮޓަރި، ކްލިނިކަލް އޭރިޔާތަކާއި އެނދު، ފަރނީޗަރ އަދި މެޝިނަރީޒް ފަދަ ތަކެތި ސާފުކުރުމުގައި ކޮންމެ ދުވަހަކުވެސް އެހީތެރިވުން
  • ޞިއްޙީމަރުކަޒުގެ އޯ.ޕީ.ޑީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް ، ޞިއްޙީމަރުކަޒުގެ އައި.ޕީ.ޑީ ތަކުގައި އެނދުމަތި ކުރެވިފައިވާ ފަރާތަކަށް ދިމާވާ ހާލަތެއްގެ ސަބަބުން އުފެދޭ ނަޖިސް އަދި ޞިއްޙީމަރުކަޒުގެ ކްލިނިކަލް އޭރިޔާގެ ކުރެވޭ ކްލިނިކަލް ޕްރެކްޓިސް އެއްގެ ސަބަބުން އުފެދޭ ނަޖިސް ސާފުކުރުމަށް ނަރުހުން އެދިއްޖެނަމަ އެއްވެސް އިންކާރުކުރުމެއްނެތި އެކަންކުރުން. އަދި މިފަދަ ހާލަތެއް ދިމާވެދާނެ ހާލަތަކަށް ފެންނަ ހިސާބުގައި ތިބުން.
  • ޞިއްޙީމަރުކަޒުގެ ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކޮށް ހަޑިވާ ދޮވެސާފުކޮށް އަލުން ބޭނުކުރެވޭ ތަކެތީގައި ހުންނަ ނަޖިސް ސާފުކުމަށްފަހު ލޯންޑްރީއާއި ހަވާލުކުރުން. އަދި އެތަކެތި ލޯންޑްރީންއިން ދޮވެ ސާފުކޮށް ނިމުމުން އަނބުރާ އެ ޑިޕާޓްމެންޓްތަކަށް ގެނެސް ހަވާލުކުރުން.
  • ޞިއްޙީމަރުކަޒުގެ ކްލިނިކލް އޭރިޔާތަކުގައި ނަރުހުން ކުރާ ދުވަހުގެ މަސައްކަތުގައި އެހީތެރިކަމަށް އެދޭ މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ ނަރުހުންގެ އިރުޝާދުގެދަށުން މަސައްކަތުގައި ބައިވެރިވުން.
  • ޞިއްޙީމަރުކަޒުގެ އަ.ޕީ.ޑީ ގައި އެނދުމަތިކޮށްފައި ތިބޭ ބަލިމީހުންގެ ޔޫރިންބޭގްތައް ނަރުހުންގެ ލަފަޔާއި އިރުޝާދުގެދަށުން ހުސްކޮށް، އައި.ޕީ.ޑީގައި ބޭނުންކުރާ ބެޑުޕޭން ޔޫރިނާރ، ކިޑުނީ ޓުރޭފަދަ ތަކެތި ކޮންމެދުވަހަކުވެސް ކަނޑައެޅިފައިވާ އުސޫލެއްގެތެރެއިން ޑިސްއިންފެކްކޮށް ބެލެހެއްޓުން.
  • ޞިއްޙީމަރުކަޒުގެ އެމްބިއުލެންސް ޑިސްއިންފެކްޓް ކުރުމާއި ބަލިމީހުން އުފުލަން ގެންގުޅޭ " ޕެއިޝަންޓް ޓްރޯލީ " އަދި " ވީލް ޗެއަރ" ޑިސްއިންފެކްޓްކޮށް ތައްޔާރީ ހާލަތުގައި ބެހެއްޓުން
  • ޞިއްޙީމަރުކަޒުގެ އޯ.ޕީ.ޑީ އަދި އައި.ޕީ.ޑީގައި ހިދުމަތް ހޯދާ ބަލި މީހުން އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ބަލިމީހުންގެ އެހީތެރިން އެދިއްޖެހާލަތުގައާއި އެހީތެރިޔަކު ނެތް ހާލަތުގައި ނަރުހުންގެ އިރުޝާދުގެދަށުން އެކަން ކުރުން.
  • ޞިއްޙީމަރުކަޒުގެ އައި ޕީ ޑީ ވޯރޑް، އީ އާރު އަދި ޚިދުމަތް ދޭ ތަންތަނުގައި ބޭނުންކުރާ އެނދުފަދަ ތަކެތި ކްލީންކޮށް، އެނދުތަންމަތި ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޞިއްޙީމަރުކަޒުގެ އޯ.ޕީ.ޑީތަކުގައި ބަލިމީހުންނަށް ފަރުވާދޭ އެނދުތަކުގެ ތަންމަތި ފްރޮންޓް އޮފީހުގެ ސްޕާރވައިޒަރުންގެ އިރުޝާދުގެދަށުން ކޮންމެ ދުވަހަކު ބަދަލުކުރުން
  • ޞިއްޙީމަރުކަޒުގެ އިން އިންތިޒާމްކުރާ ބައްދަލުވުންތައް ނުވަތަ ޙަރަކާތްތައް އިންތިޒާމްކުރާ ފަރާތުން އަންގާގޮތެއްގެ މަތީން ( ގޮނޑިޖެހުން، މޭޒުޖެހުން، ބެނަރ ހަރުކުރުން ފަދަ މަސައްކަތްތައް ) އިންތިޒާމްތައް ކުރުމާއި ޙަފްލާތަކަށް ތަން ތައްޔާރުކުރުން.
  • ޞިއްޙީމަރުކަޒުގެ އެހެން ޔުނިޓަކުން، ޑިޕާޓްމެންޓަކުން އަދި ސެކްޝަނަކުން އެ ޔުނިޓެއްގެ، ޑިޕާޓްމެންޓެއްގެ އަދި ސެކްޝަނެއްގެ މަސައްކަތުގައި އެހީތެރިކަމަށް އެދިއްޖެނަމަ ނަރުހުންގެ ލަފާގެމަތިން އެހީތެރިކަން ފޯރުކޮށްދިނުން.
  • ޞިއްޙީމަރުކަޒުގެ އޮފީސްތެރެއާއި އަދި އެހެނިހެން ތަންތާންގައި ބަހައްޓާފައިވާ ސޯކޭސް، އަލަމާރި ފަދަ ތަކެތި މަދުވެގެން ދުވާލަކު އެއްފަހަރު ފޮހެ ސާފުކޮށް ބެލެހެއްޓުން.
  • ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި ، ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދުމާއި ގަސްތަކަށް ފެންދީ ރަގަޅަށް ބެލެހެއްޓުން.
  • ބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި އެޅުމަށް ޚާއްޞަ ކުރެވިފައިވާ ޓޭންކްތަކަށް ކަޑައެޅިފައިވާ މިންގަޑަށް ފެނާއި ކެމިކަލްސް އެޅުމަށްފަހު ވަގުތު ހަމަވަންދެން ބެހެއްޓުން
  • ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުމާއި ، ޝިޕްޓް ޑިއުޓީ ނިންމާ ގެއައްދިއުމުގެކުރިން ޖެހިގެން އަންނަ ޝިޕްޓަށް އަންނަ މުވައްޒިފަށް ކުރެވިފައިހުރި ކަންކަމާއި ނުކުރެވިހުރިކަންކަމުގެ ހޭންޑް އޯވާ ދިނުން.
  • ކްލިނިކަލް އޭރިޔާތަކުގައި ބޭނުންކުރާ ޓޫލްސް އަދި އިންސްޓްރޫމަންޓްސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމާއި އޮޓޯކްލޭވް ކުރުން.
  • އެއްވެސް މެޝިނެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައިވާނަމަ ޑިއުޓީ ސްޕަރވައިޒަރަށް އެންގުން. އަދި ޑިއުޓީނިމުމުގެ ކުރިން ސްޕަރވައިޒަރެއްގެ އިރުޝާދުގެ މަތިން ބަޔޯހަޒާރޑް ޓޭންކުތަކާއި މެޝިންތަކާއި ދޮންނައޭރިޔާ ސާފުކޮށް މޮޕްކުރުން.
  • ވޯރޑުނާނާއި އެހެނިހެން ޑިޕާރޓްމަންޓްތަކުން ލޯންޑްރީ އަށް ދޮންނަން ގެންނަ ތަކެތި ދޮވެ ނިމުމުން އެތަކެތި ބެހެއްޓުމަށް ކަނޑައެޅިފައިވާ ތަނުގައި ބެހެއްޓުން.
  • މަސައްކަތް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެތަކެތި ބަހައްޓާފައިވާތަން ރަނގަޅަށް ބެލެހެއްޓުމާއި، އެފަދަ އާލާތެއް ހަލާކުވެއްޖެނަމަ ނުވަތަ މަސައްކަތަށް އިތުރު އާލާތްތައް ބޭނުންވާނަމަ އެކަން ސްޕަރވައިޒަރަށް ރިޕޯރޓް ކުރުން
  • ދިމާވާ ހާލަތެއްގެ ސަބަބުން ޞިއްޙީމަރުކަޒުގައި ނުވަތަ ޞިއްޙީމަރުކަޒުގެ ބެލުމުގެދަށުން ޞިއްޙީމަރުކަޒުން ބޭރުގައި ޤާއިމް ކުރެވޭ ކްލިނިކަލް ފެސިލިޓީ ފޮޅާ ސާފުކޮށް، މޮޕްލާ، ޑިސްއިންފެކްޓް ކުރުން.
  • މޯބައިލް ލެބޯޓްރީގައި ބޭނުންކުރާ އެއްޗެތި ދޮވެ ސާފްކުރުމާއި ތަނުގެ މަސައްކަތުގައި އެހީތެރިވުން.
  • ޞިއްޙީމަރުކަޒުގައި ގެންގުޅޭ ، ލޯންޑްރީން ދޮންނަންޖެހޭ ތަކެތި ލޯންޑްރީއަށް ގެނައުމުން އެތަކެތި ދޮންނަންވާ ފެންވަރުތަކާއި ސައިޒްތަކަށް ބައިކުރުން. ދޮވުމަށްޓަކާ އެކިވައްތަރު ހުރިނަމަ އެތަކެތި ވަކިކުރުން. (ކުލައެއްޗާއި ހުދު އަދި ރަބަރޝީޓް ވަކިކުރުން.) ލެއާއި ނަޖިސް ޖެހިފައި ހުންނަތަކެތި ވަކިކުރުން. އަދިބަޔޯހަޒާރޑްގެ ގޮތުގައި ގެންނަތަކެތި ވަކިކުރުން.
  • ލޯންޑްރީއަށް ގެނެވޭ ތަކެތި ވީހާވެސް އަވަހަށް ދޮވެ، އިސްތިރިކުރަންޖެހޭ ތަކެތި އިސްތިރި ކުރުމަށްފަހު އަވަހަށް ސެކްޝަންތަކާއި ހަވާލުކުރުން
  • ލޯންޑްރީގައި ބޭނުން ކުރުމަށް ސްޓޮކުން ނަގާ ތަކެތި ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި އެތަކެތި އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމާއި، ތަކެތި ހުސްނުވާނޭގޮތަށް އަބަދުވެސް ތަކެތި ހޯދުމަށް ކުރަންޖެހޭ ރިކްއެސްޓްތައް ސުޕަރވައިޒަރ މެދުވެރިކޮށް ކުރުން.
  • ލޯންޑްރީގެ މެޝިންތަކަށް ތަކެތިއެޅުމުގައި އެމެޝިނަކަށް ކަނޑައެޅިފައިވާ މިންގަޑަށްވުރެ އިތުރު ނުވާނެހެން ތަކެތި އަޅައިގެން ދޮވުމާއި އެތަކެތި ދޮވުމަށް ކަޑައެޅިފައިވާ ގަޑި ހަމަވަންދެން ދޮވުން. އަދި މެޝިނަށް އެކި ކެމިކަލްސް އަޅަން ކަޑައެޅޭ ގަޑިތކުގައި އެޑިއުޓީގެ ސްޕަރވައިޒަރެއްގެ އިރުޝާދުގެ ދަށުން ކެމިކަލްސް އެޅުން.
  • ޞިއްޙީމަރުކަޒަށް ބޭނުންވާ ތަކެތި ގަތުމަށް އަގުބެލުމަށް ތަންތަނަށް ދިއުމާއި އަދި ޞިއްޙީމަރުކަޒުން ކަނޑައަޅާ ގޮތުގެ މަތީން ތަކެތި ޞިއްޙީމަރުކަޒަށް ގެނެސް ކަމާއިބެހޭ ފަރާތްތަކާއި ޙަވާލުކުރުމާއި، އެކިއެކި ތަންތަނުން ޞިއްޙީމަރުކަޒަށް އަދި ޞިއްޙީމަރުކަޒުން އެކިއެކި ތަންތަނަށް އުފުލަންޖެހޭ ތަކެތި އުފުލުން.
  • ޞިއްޙީމަރުކަޒުން ރަށުގެ އެކި އޮފީސްތަކަށާއި އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ސިޓީފަދަ ތަކެތި ހަވާލުކުރުން.
  • ޞިއްޙީ އިމަރޖެންސީތަކާ ، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

- ލިޔަން ކިޔަން އެނގުން ނުވަތަ

-  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

  ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

  ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ޝަރުތުތައް:

 

-  ނެތް

މަޤާމުގެ ތައްލީމާ ރޮނގު

1-  ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ   މަސައްކަތްތައް.

2-  އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ، ޞިއްޙީމަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-  އަސާސީ ޝަރުތު ހަމަވުން  %50                                  

-  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ  ތަޢްލީމް  %5

-  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ %5 

-  އިންޓްވިއު %40                                                      

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މެއި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އޮޅުވެލިފުށި ޞިއްޙީމަރުކަޒަށެވެ. ފޯމާއި ލިޔުންތައް އީ މެއިލް ([email protected])  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓްލިސްޓް ކުރުން:

މިމަޤާމަށް މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަރވިއު އަދި އެސެސްމަންޓް  އޮންނާނީ 17 މެއި 2026 އިން 04 ޖޫން 2026 އާއި ދެމެދު ޅ. އޮޅުވެލިފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުން ، އެ ތާރީޚްތަކުގައި އިންޓަރވިއުއަށް އަދި އެސެސްމަންޓް އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ފޯމު ) ޢާއްމުކޮށް ފެންނާނެހެން މި އިދާރާގައި އަދި މިއިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޅ. އަތޮޅު ހޮސްޕިޓަލަށް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް ) ޢާންމުކުރުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6620399 ނަމްބަރ ފޯނާއެވެ. އީ މެއިލް ކުރާނީ  ([email protected])    އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

       

07 މެއި 2026

07 މޭ 2026
ހޯދާ