ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އެއަރޕޯޓް އިންޝުއަރެންސްގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)އަށް 'އެއަރޕޯޓް އިންޝުއަރެންސް'ގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެގޮތުން ފޯރުކޮއްދޭންޖެހޭ އިންޝުއަރެންސްތަކަކީ "ޕްރޮޕަޓީ އޯލްރިސްކް އެންޑް ބިޒްނަސް އިންޓަރަޕްޝަން" އިންޝުއަރެންސް، "އެއަރޕޯޓް އެވިއޭޝަން ލަޔަބިލިޓީ" އިންޝުއަރެންސް އަދި "ޓެރަރިޒަމް" އިންޝުއަރެންސްއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 މޭ 11 ވާ ހޯމަދުވަހުގެ މެންދުރު 2:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 7981289 އާއި ގުޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ' (އެމް.އެމް.އޭ)ގައި 'އިންޝުއަރެންސް ޕްރޮވައިޑަރ/ކުންފުނި' ނޫނީ 'އިންޝުއަރެންސް ބްރޯކަރ' އެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.
"ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2026 މޭ 25 ވާ ހޯމަދުވަހުގެ ހެދުނު 11:30 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 މޭ 25 ވާ ހޯމަދުވަހުގެ ހެދުނު 11:30 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.
ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3026510/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
