އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މަންދޫ ފުޓުބޯޅަ ދަނޑު ވަށައިގެންވާ ރުއްގަސްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

އދ. މަންދޫ ފުޓުބޯޅަ ދަނޑު ވަށައިގެންވާ ސަރަހައްދުގައި ހުރި ރުއްގަސްތައް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު (IUL)351/351/2026/18 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ ސަރަހައްދުގައިވާ ރުއްގަސްތައް ކުއްޔަށް ހިފުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލައި އިޢުލާނު ކުރަމެވެ. އެހެންކަމުން، މި ސަރަހައްދުގައިވާ ރުއްގަސްތައް 01 ޖޫން 2026 އިން ފެށިގެން 31 ޑިސެމްބަރު 2029 ގެ ނިޔަލަށް، ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ބޭނުންވެއެވެ. ކުއްޔަށް ހިފާފަރާތަށް ބޭނުންކުރެވޭނީ ރުއްގަހުން ލިބޭ ތަކެތީގެ ތެރެއިން ރުކުން ލިބޭފަން ފިޔަވައި އެހެނިހެން ތަކެއްޗެވެ.

      ވީމާ، މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 11 މެއި 2026 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 މެއި 2026 ވާ ބުދަ ދުވަހުގެ 11:00 އަށް ބީލަން ފޯމު ފުރިހަމަކުރައްވައި މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

      މަޢުލޫމާތު ކަރުދާހާއި އަދި ބީލަންފޯމު މި އިޢުލާނާއިއެކު ގެޒެޓުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެ، ކެނޑުން އޮންނާނީ 13 މެއި 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި އަގުހުށަހަޅާ ފަރާތްތަކުގެ ހާޟިރު ގައެވެ. އަގުހުށަހެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށަހެޅުން އެދެމެވެ.

                  ވީމާ، މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޛުލްޤަޢިދާ 1447

07 މެއި 2026

07 މޭ 2026
ހޯދާ