ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބާތަކެތި ނީލަން ކިޔުން

ބާތަކެތި ނީލަން ކިޔުން (ދެވަނަ)

            މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުމަށް ބޭނުންވެގެން 20 އެޕްރީލު 2026 ގައި ކުރެވުނު ނަންބަރު 528-A/2026/08 އިޢުލާނާ ގުޅިގެން ނީލަމުން ނުނަންގަވާ ހުރި ތަކެތި ނީލަންކިޔުން  15 މޭ 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 15 މޭ 2026 ވާ ހުކުރު ދުވަހުގެ ރޭ 21:00 ކުރިން ދައްކަވާ ނިންމެވުމުން ތަކެތި ދޫކުރަމުން ގެންދާނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުމުގެ އެންމެ ފަހުތާރީޚަކީ 17 މޭ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް ކަމުގައި ދަންނަވަމެވެ.  މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. މި ނީލަމުގައި ނީލަން ކިއުމަށް ހަމޖެހިފައިވާ ތަކެތި މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ ލިސްޓްގައި އެވަނީއެވެ.

07 މޭ 2026
ހޯދާ