މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ޑިރެކްޓަރ، ބިއުރޯ

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ، ބިއުރޯ

މަޤާމުގެ ނަންބަރު:

J-442656

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓަރސް ބިއުރޯ ސެކްޝަން/ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

މަހަކު  14,585.00ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 6,805.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް 185.00 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓަރ ބިޔުރޯގެ އެންމެހާ މަސައްކަތްތައް ރާވާ، ހިންގައި ބެލެހެއްޓުން.
  2. މިނިސްޓަރ ބައްދަލުވުންތައް ވިލަރެސް ކުރުމާއި ނިންމާ ކަންކަން އެންމެ އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިޔަށް ގެންދެވޭކަން ކަށަވަރުކުރުން.
  3. މިނިސްޓަރ ކުރައްވައި ދަތުރުފުޅުތަކުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރުމާއި، ދަތުރުތަކުގައި ބައިވެރިވުމާއި، އެދަތުރުތަކުގެ ޚަބަރުތަކާއި، އެކި ދުވަސްތަކުގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ހަފްލާތަކުގެ ޚަބަރުތައް، މިނިސްޓްރީގެ ވެބްސައިޓަށްލުމަށް ކުރަންޖެހޭ މަސައްކަތްތައް ޕަބްލިކް ރިލޭޝަންސް ސެކްޝަނާއި ގުޅިގެން ކުރުން.
  4. މިނިސްޓަރ ބާއްވަވާ ބައްދަލުވުންތައް އިންތިޒާމް ކުރުން.
  5. މިނިސްޓްރީގެ މެންޑޭޓު އަދި އެކްޝަން ޕްލޭންއާ އެއްގޮތަށް މަސައްކަތް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އުފުލުމާއި، މިނިސްޓްރީން ކަނޑައަޅާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް އިސްވެރިންނަށް ލަފާދިނުން.
  6. އޮފީހުގައި ފާހަގަކުރާ ދުވަސްތަކާއި އިވެންޓުތަކާ ގުޅިގެން މިނިސްޓަރ ބިޔުރޯއިން ކުރަންޖެހޭ މަސައްކަތްތައް އިސްވެ ކުރުން.
  7. ބިޔުރޯގެ އެނުއަލް ބަޖެޓް އަދި ވަރކް ޕްލޭން ތައްޔާރުކޮށް އިސްވެރިންނާ ހިއްސާކުރުން.
  8. މިނިސްޓަރގެ ބައްދަލުވުންތަކާއި މިނިސްޓަރ ކުރައްވައި ދަތުރުތަކުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސޭކަން ކަށަވަރުވުން.
  9. މިނިސްޓްރީގެ އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން.
  10. ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް އެ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތައް ސިވިލް ސަރވިސް ގަވާއިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ކުރުން.
  11. ސެކްޝަން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ސިވިލް ސަރވިސް ގަވާއިދާއި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތު ފެންވެރުބެލުމުގެ އުޞޫލާ އެއްގޮތަށް ގަވާއިދުން ކުރުން
  12. މިނިސްޓްރީން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ނުވަތަ

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް 
  • މެނޭޖްމަންޓް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  • ޕަބްލިކް މެނޭޖްމަންޓް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަނާގުޅޭ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން - 30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު - 5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް - 5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - 5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) – 15

ޕްރެޒެންޓޭޝަން - 10

އިންޓަރވިއު – 30

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

  1. އިންޓަރވިއު، އެސެސްމެންޓް އަދި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 30 (ތިރީސް) ޕޮއިންޓް ލިބުން؛

އަދި،

  1. މަޤާމަށް ކަނޑައަޅާފައިވާ (ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.5 ވަނަ މާއްދާގެ (ހ) ގައިވާ) ކްރައިޓީރިއާގެ ހުރިހައި ބަޔަކުން ޖުމުލަ 60 (ފަސްދޮޅަސް) ޕޮއިންޓް ލިބުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 މެއި 14 ވާ ބުރާސްފަތި ދުވަހު 13:30 ގެ ކުރިން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނީ، 2026 މެއި 17 އާއި 2026 މެއި 31 އާ ދެމެދު، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) ގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7226046 ނުވަތަ 3036999 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

20 ޛުލްޤަޢިދާ 1447

07 މޭ 2026
ހޯދާ