ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކޮމެޓީ އެކުލަވާލުމާއި ގުޅޭ

                                                     ނަންބަރ (IUL)253-OU-08275/253/2026/15

 

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ކޮމެޓީ އެކުލަވާލުމާއި ގުޅޭ

 

                       މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެންގެވުމުގެ މަތިން ރަށުގެ މުއައްސަސާތަކާއި، ކްލަބް އަދި ޖަމިއްޔާތަކާއި ގުޅިގެން އެކުލަވާލެވުނު ޢީދު ކޮމެޓީ އަންނަނީ މަސައްކަތް ކުރަމުންނެއެވެ.

                        ކުލަގަދަކޮށް ޢީދު ފާހަގަކޮށް، ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރަށުގެ އެންމެހާ ރައްޔިތުންނަށް ލިބިދޭ ޙައްޤެއްކެވެ. އެހެންކަމުން، ރައްޔިތުންގެ ތެރއިން ޢީދު ކޮމެޓީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޮމެޓީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޢީދު ކޮމެޓީގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 މެއި 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް (https://forms.cloud.microsoft/r/Ed4C3t1GCR ) ފުރިހަމަ ކުރެއްވުން އެދެމެވެ.

 

ޘަގާފަތާއި ތަރިކަ އާއި ބެހޭ މިނިސްޓްރީގެ ގައިޑްލައިން އާއި އެއްގޮތަށް އީދުގެ ހަރަކާތްތަކުގައި ރަށުގެ އާންމު މަސްލަހަތު ފުށު ނާރާނޭހެން ކޮންމެ ފަރުދަކަށްވެސް ޖަމާއަތަކަށް ވެސް " ޢީދު ފޯރީގެ " ހަރަކާތްތައް ރޭވުމާއި ބައިވެރިވުމާއި އީދުކުޅިވަރުކުޅުމުގައި ހަމަހަމަ އުސޫލުން ކައުންސިލުން އާންމު ކުރާނޭ ތާވަލުގައި ހިމަނައިގެން ކުރިއަށްދިއުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. ކައުންސިލް އިން އަމަލު ކުރަމުން އަންނަ އާންމު އުސޫލް އަދި ކައުންސިލުން ފާސްކޮށްފައިވާ ގަރާރު ނަންބަރު: (OTHR)253-OU-08275/253/2024/20 އެއްގޮތަށް ޢީދުގެ ދުވަސްތައް ފާހަގަ ކުރުމުގެ ހަރަކާތްތައް ހިންގުމަށް ކައުންސިލްގެ އިޙްތިޞާސް ހިމެނޭ ހުރިހާ ސަރަޙައްދެއް މިއަހަރުގެ ޢީދު ފާހަގަކުރުމަށް ޚާއްސަކުރެވިފައިވާ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

                      ވީމާ،މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                      19 ޛުލްޤަޢިދާ      1447

                      07 މެއި         2026

07 މޭ 2026
ހޯދާ