މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ހުޅުދުއްފާރުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސްގެ ޚިދުމަތަށް އެގްޒަމިނަރަކު ހޯދުމާއި ގުޅޭ

ރ. ހުޅުދުއްފާރުގައި ކަނޑު އުޅަނދުފަހަރުގެ ލައިސެންސް ދިނުމުގެ ޚިދުމަތަށް އެގްޒަމިނަރަކު ހޯދުމަށް ބޭނުންވެއެވެ. އެގްޒެމިނަރގެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވެފައިވާ ފަރާތަކަށް ވާންވާނެއެވެ.

  • ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ކަމުގައިވުން (ގިނަ ކެޓަގަރީތައް އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. ޚާއްސަކޮށް ABCDG އޮތުންމުހިންމެވެ.)
  • އަދި ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ނެގިފަހުން މަދުވެގެން 3 އަހަރު ވެފައިވާ ފަރާތެއްކަން ވުން
  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި 3 އަހަރު އުޅަނދު ދުއްވުމުގައި ދެމިހުރިފަރާތެއްކަމުގައިވުން

ވީމާ، އެގްޒަމިނަރަކަށް ވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، އެގްޒަމިނަރަކަށް ވުމަށް އެދޭ ސިޓީއާއި އައިޑީ ކާޑުގެ ކޮޕީ އަދި ސެޓްފިކެޓްތަކާއި ލައިސެންސްގެ ކޮޕީއާއެކު 2026 މެއި 14 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

07 މޭ 2026
ހޯދާ