ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެދަށުން ހިންގަމުން އަންނަ "ހުޅުދެލީ ޕްރީސްކޫލް" ހިންގުމާއި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނޭ ފަރާތެއް ހޯދުން

މި ކައުންސިލްގެ ބެލުމުގެދަށުން ހިންގަމުން އަންނަ "ހުޅުދެލީ ޕްރީސްކޫލް" ހިންގުމާއި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނޭ ފަރާތެއްހޯދަންބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 07 މެއި 2026 އިން 12 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  ބިޑް ރެޖިސްޓްރީ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.

 އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 މެއި 14 ވަނަދުވަހުގެ 10:00 ގައި މިކައުންސިލްގެ އިދާރާގައެވެ. ވިޔަފާރި ތަމްސީލުކުރާ ފަރާތުގެ މަޢުލޫމާތުގެ ގޮތުގައި ހުށަހަޅުއްވާނީ ބީލަން ހުށައެޅުމަށް ދުރުވާނެ ފަރާތުގެ މަޢުލޫމާތެވެ. އެއްވެސް ސަބަބަކާހުރެ އެފަރާތަށް ބީލަން ހުށައެޅުމަށް ދުރުވެވެން ނެތްނަމަ ސަބަބު ބަޔާންކޮށް ބަދަލުގައި ބީލަން ހުށައެޅުމަށް ދުރުވާނެ ފަރާތުގެ މަޢުލޫމާތު ލިޔުމުން މިއިދާރާއަށް އަންގަންވާނެއެވެ.  މިއިޢުލާނާއި ގުޅިގެން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ގަޑިއަށް ހުށަހަޅާފައިނުވާ ބިޑްތަކާއި މައުލޫމާތު ފުރިހަމަ ނުވާ ބިޑްތައް ބާޠިލް ކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ހުޅުދެލީ ކައުންސިލް އިދާރާގެ ނަމްބަރ  6760049 ފޯނާގުޅުއްވުންއެދެމެވެ.

މި މަސައްކަތާގުޅިގެން މިއިދާރާއިން 15 އޭޕްރީލް 2026 ވަނަ ދުވަހު ކޮށްފައިވާ އިޢުލާން ނަންބަރ: 378/2026/24(IUL) ގައި ހިމަނާފައިވާ މަޢުލޫމާތު ޝީޓަށް ބަދަލުތަކެއް ގެންނަންޖެހުމާގުޅިގެން އެ އިޢުލާން ބާޠިލްކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

06 މޭ 2026
ހޯދާ