ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ބ.ގޮއިދޫގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މެއި 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން https://forms.gle/fQLMGdwGR1vzhJZm8މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑްއިންފޯމޭޝަން ޝީޓް، ކުރެހުން އަދި ބިޑް ހުށަހަޅާ ފޯމްތައް ރަޖިސްޓްރޭޝަންގައިވާ އީމެއިލްއަށް ފޮނުވާދެވޭނެއެވެ. މި ބިޑުގެ މަޢުލޫމާތު ސެޝަން އޮންނާނީ 11 މެއި 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ. މައުލޫމާތު ސެޝަންގައި އޮންލައިންކޮއްވެސް ބައިވެރިވެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 21 މެއި 2026 ވާ އަންގާރަ ދުވަހުގެ 13:00 އެވެ. މަޢުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ބ.ގޮއިދޫގައި މޮނިއުމެންޓެއް ހެދުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
|
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
|
އަގު |
80% |
|
Benchmark price/Submitted price x Allocated percentage |
|
މުއްދަތު |
10% |
|
Benchmark price/Submitted
|
|
ތަޖުރިބާ |
10% |
|
|
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
- ރަޖިސްޓްރީނުކުރައްވާ ފަރާތްތައް
- މަޢުލޫމާތު ސެޝަންއަށް ހާޒިރުނުވާ ފަރާތްތައް
- މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
- އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީ.
- ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް.
- އަމިއްލަ ފަރުދެއްނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ.
- ތަޖުރިބާގެ ލިޔުންތައް.
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
