މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވާފަރު ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރު ބެހުމާއި ބާކީހުރި މަސްދަޅުތައް ބެހުމާއި ބެހޭ

ދުވާފަރު ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ކަދުރު، އަދި ބާކީހުރި މަސްދަޅުތައް ރަމަޟާންމަހު މަސްދަޅުބެހި ގޭބިސީ ލިސްޓަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ލިބިފައިހުރި ކަދުރު އަދަދު ހުސްވަންދެން އެންމެ ފުރަތަމަ ހާޟިރުވެލައްވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރެވޭނެވާހަކަ ދެންނެވީމެވެ. އަދި ރަމަޟާންމަހު ބަހަން ފޮނުވި މަސްދަޅުތަކުގެ ތެރެއިން ބާކީހުރި މަސްދަޅުތައްވެސް ހުސްވަންދެން އެންމެ ކުރިން އަންނަ ފަރާތްތަކަށް އިސްކަންދީގެން ކޮންމެ ގޭބިސީއަކަށް 3 މަސްދަޅުގެ ރޭޓުން ދޫކުރެވޭނެވާހަކަ ދެންނެވީމެވެ.

      ވީމާ، ކަދުރު އަދި މަސްދަޅު ދޫކުރުމުގެ އިންތިޒާމް 06 މެއި 2026 ން ފެށިގެން 2026 މެއި 11 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކައުންސިލް އިދާރާގެތިރީގައި ހަމަޖެހިފައިވާކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ.  ހާޟިރުވެލައްވާއިރު، ދިވެހި ރައްޔިތެއްކަން އަންގާއިދޭ ކާޑު ގެންނެވުމަށް ދަންނަވަމެވެ. 

05 މޭ 2026
ހޯދާ