ދިވެހިރާއްޖެ
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަދުމަސްވެރިކަމަށާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް އަމާޒުކުރައްވައިގެން ކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން މިރަށުގެ ދެކުނުން ޤާއިމުކުރެވުނު ކަނދުފަތީގެ މަޢުލޫމާތު ތިރީގައި ދެންނެވިފައި އެވަނީއެވެ.
- ކަނދުފަތި ޤާއިމުކުރި ތާރީޚް: 04 މެއި 2026
- ކަނދުފަތި ޤާއިމުކުރި ސަރަޙައްދު: ނ. ވެލިދޫގެ ދެކުނުން 5.5 މޭލު ބޭރު
- ކަނދުފަތި ނަންބަރު: E09V04
- ޕޮޒިޝަން: 5 ދަރަޖަ 34.100 މިނިޓް އުތުރު އަރުޟު (5°34.100’N)
73 ދަރަޖަ 17.200 މިނިޓް އިރު ތޫލު (73°17.200’E)
މި ވަދުކަނދުފަތިތަށް ފަރުމާކޮށްފައިވަނީ ދުރަށް އަލި ފެންނަފަދަ ބައްތިތަކާއި، ކަނދުފަތި އޮތްތަން ދެނެގަތުމަށް އެހެން އުޅަނދުފަހަރަށް ބޭނުންކުރެވޭ ފަދަ " ރާޑަރ ރިފްލެކްޓަރ " އަކާއިއެކު، ދަޢުލަތުން ބޮޑު ހޭދައެއްކޮށް، ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްފައިވާ ކަނދުފަތިތަކާއި ވަކިކުރުމަށް ފަސޭހަވާގޮތަށް، އަދި ނުލުގެ އުދަރެހާއެކު ހޯދުމަށް ފަސޭހަވާގޮތަށް، ރީނދޫ ކުލައިންނެވެ. ވީމާ، މިފަދަ ކަނދުފަތިތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމުގެ އިންތިޒާމު ވަދުމަސްވެރިކަމާއި މުނިފޫހި ފިލވުމުގެ މަސްވެރިކަން ކުރާ ފަރާތްތައް މެދުވެރިކޮށް ކުރުމަށް ހަމަޖެހިފައިވާތީ، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން ލަސްނުކުރައްވާ އެވުޒާރާއަށް އެންގެވުން އެދެމެވެ.
މިގޮތުގެމަތިން ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްޞީލް މަޢުލޫމާތުވެސް ލަސްނުކުރައްވާ އަންގަވައިދެއްވުން އެދެމެވެ. އަދި މިގޮތުން ކަނދުފައްޗާއި ގުޅޭ މުޢާމަލާތު ކުރައްވާއިރު ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރު ބޭނުންކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
