ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ އެވޯޑާ ކުރިމަތިލާ މުއްދަތު އިތުރުކުރުމާގުޅޭ!
ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ކުރިން ދީފައިވާ ސުންގަޑިއަކީ މޭ މަހުގެ 3 ވަނަ ދުވަހެވެ. ނަމަވެސް، މި މުއްދަތު މިހާރު ވަނީ 2026 މޭ 13 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހެޅޭ ގޮތަށް އިތުރުކޮށްފައެވެ.
ވީމާ، މިއެވޯޑަށް އެދި ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އިޢުލާނާއެކުވާ ފޯމު ފުރުއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް އެދެމެވެ. މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޢިނާމެކެވެ.
05 މޭ 2026
ހޯދާ
