މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ރިސްކް މެނޭޖަރ

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ރިސްކް މެނޭޖަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/15000 ރުފިޔާ (ފަނަރަހާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/5500 ރުފިޔާ (ފަސްހާސް ފައްސަތޭކަ ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ރިސްކް ޔުނިޓް

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒިނަސް އެންޑް ފައިނޭންސް ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފާހެއް އޮތުމާއެކު 3އަހަރާއި 5އަހަރާއި ދެމެދުގެ އަމަލީ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

  • އިންޓާނަލް ޕްރޮސެސްތަކާއި އެކްސްޓާނަލް މާކެޓް ޓްރެންޑްތައް އެނަލައިޒްކޮށް، އެއިން ކުރިމަތިވެދާނެ އަސަރުތައް ދެނެގަތުމަށްޓަކައި ފައިނޭންޝަލް، އޮޕަރޭޝަނަލް އަދި ސްޓްރެޓެޖިކް ރިސްކްތައް ދެނެގަތުން
  • ރިސްކް ރެސްޕޮންސް ސްޓްރެޓެޖީތައް ޑިވެލޮޕްކޮށް ތަންފީޒު ކުރުން.
  • ރެގިއުލޭޓަރީ ރިކުއަރމަންޓްތަކާއި ކޯޕަރޭޓް ގަވަރނަންސް ސްޓޭންޑަޑްތަކަށް ފެތޭ ރިސްކު ޕްރޮފައިލް އެއް ތައްޔާރުކޮށް ބޯޑާއި ސީނިއަރ މެނޭޖްމަންޓަށް ގަވާއިދުން ރިޕޯޓް  ކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއުއިން ފާސްވުން
  • ދާއިރާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން
    • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު،  2026  މޭ 10 ވާ އާދީއްތަ ދުވަހުގެ  13:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް  2026  މޭ 10 ވާ އާދީއްތަ ދުވަހުގެ  13:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894/3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
04 މޭ 2026
ހޯދާ