މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 އަޟްޙާ ޢީދު ފުޅަނދުބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1447 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ފުޅަނދުބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދުވާފަރުގެ އާއްމު ރައްޔިތުންނަށާއި ދުވާފަރުގެ މުއައްސަސާތަކަށް މިއަދުން ފެށިގެންވަނީ ހުޅުވާލާފައެވެ.  ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 11 މެއި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފުޅަނދުބުރުގެ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓްކުރީމެވެ. މިފުޅަނދު ބުރުގައި 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. ފުޅަނދުބުރުގެ 1 ވަނައަށް 10000 ރުފިޔާ، 2 ވަނައަށް 6000 ރުފިޔާ އަދި 3 ވަނައަށް އަންނަ ފަރާތަކަށް 4000 ރުފިޔާގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ފޯމް މިއިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. ދީފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމްތަކާއި، ފުރިހަމަނުކޮށް ހުންނަ ފޯމްތައް ބަލައި ނުގެނެވޭނެއެވެ. ފޯމާއި އެކު ޓީމްގެ ހުރިހާ ބައިވެރިންގެ އައިޑީކާޑް ދެފުށުގެ ސާފުކޮޕީ އެއް ހުށަހަޅަންޖެހޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.  

04 މޭ 2026
ހޯދާ