އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ އީދި ސަމާ 1447 - "ސަގާފަތާއި އެކު އުފާވެރިކަން" ނަމުގައި ބޭއްވޭ ކަލްޗަރަލް ޝޯގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

އައްޑޫ އީދި ސަމާ 1447 - "ސަގާފަތާއި އެކު އުފާވެރިކަން" ނަމުގައި ބޭއްވޭ ކަލްޗަރަލް ޝޯގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

        1447 ވަނަ އަހަރުގެ އަލްޙާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ އީދި ސަމާ 1447ގެ ހަރަކާތްތަކުގެ ތެރެއިން "ސަގާފަތާއި އެކު އުފާވެރިކަން" ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަލްޗަރަލް ޝޯގައި ފެހުންތެރިންގެ ހުނަރު ދައްކުވައިދޭ އައިޓަމެއް ބޭއްވުމަށް ރޭވިފައިވެއެވެ. މި އައިޓަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާކަން އާންމުކޮށް އިޢުލާން ކުރީމެވެ.

        ވީމާ، މި އައިޓަމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފެހުންތެރިން 2026 މޭ 06 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް (ނަމާއި، ގުޅޭނެ ނަންބަރު، އީމެއިލް އެޑްރެސް) މި އިދާރަގެ ސޯޝަލް އެފެއާޒް ޔުނިޓްގެ މެއިލް [email protected] އަށް މެއިލް ނުވަތަ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރަށް 7925003 ވައިބަރ ކޮށް ދެއްވުން އެދެމެވެ.

16 ޛުލްޤައިދާ 1447

04 މޭ 2026

04 މޭ 2026
ހޯދާ