ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1 - ކޯސް އިޢުލާންކުރުން

އިޢުލާން

ދިވެހިރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީއާއި ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ފެކަލްޓީ އޮފް އާރޓްސް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

ފޯމު ހުށަހެޅުމުގެ ސުންގަޑި:

17 މޭ 2026 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް

ކޯސް ފެށޭ ތާރީޚު:

31 މޭ 2026

ކޯސް ހިންގޭނެ ގޮތް:

ކިލާސްތަކަށް ހާޒިރު ވެގެން

ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަގުތުތައް:

އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު 19:00 އިން 21:00 އަށް

ކޯހަށް ވަނުމުގެ ޝަރުތު:

ޖަޕާނު ބަހުގެ ބޭސިކް ކޯހެއް ނިންމާފައި ވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން (ޝަރުތު ހަމަވާކަމުގެ ހެކި/ލޔެކިޔުން ހުށަހަޅަންޖެހޭނެ)

ޖާގައިގެ ޢަދަދު:

30

މުއްދަތު:

15 ހަފުތާ

އުމުރުފުރާ:

12 އަހަރުން މަތި

ފޯމުގެ ލިންކު:

Japanese Language Elementary 1  -   May 2026

ކޯސް ފީ:

2250.00 ރުފިޔާ

 

03 މޭ 2026

04 މޭ 2026
ހޯދާ