މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުގެ ވަދާއީ ޙަފްލާގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
މި އިޢުލާންވަނީ 04 މޭ 2026 12:06 ގައި ބާތިލް ކުރެވިފައެވެ.
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުގެ ވަދާއީ ޙަފްލާގެ ކެއުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ( gazette.gov.mv) 2026 މެއި 04ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
- ކޯޓޭޝަން ހުށައެޅުން އޮންނާނީ 2026 މެއި 06ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރުމުގައި ބަލާނީ އެންމެކުޑަ އަގުހުށައަޅާ ފަރާތާތެވެ.
- ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540445
އީމެއިލް: [email protected]
ކޮޕީ: [email protected] , [email protected]
04 މެއި 2026
04 މޭ 2026
ހޯދާ
