އިސްކަންދަރު ސްކޫލް
ދިވެހިރާއްޖެ
އިސްކަންދަރު ސްކޫލްގެ ސީ ބްލޮކް އިމާރާތުގެ ތިންފްލޯގައި ލައިބްރަރީ ސެޓަޕްހެދުން

އިޢުލާން ނަންބަރ:(IUL)IS-BS/IS/2026/41   

 

ބީލަމުގެ ދަޢުވަތު

 

އިސްކަންދަރު ސްކޫލްގެ ސީ ބްލޮކް އިމާރާތުގެ ތިން ފްލޯގައި ލައިބްރަރީ ސެޓަޕް ހެދުމަށް ބޭނުންވެއެވެ.

   

 

  1. އިސްކަންދަރު ސްކޫލްގެ ސީ ބްލޮކް އިމާރާތުގެ ތިން ފްލޯގައި ލައިބްރަރީ ސެޓަޕް ހަދައިދިނުމަށް ޝަތުރުހަމަވާ ހުރިހާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން 2026 މޭ 03 ން 2026 މޭ 06 ވަނަ ދުވަހުގެ ނިޔަލަށް އީ-މެއިލް [email protected] މެދުވެރިކޮށް ބީލަމުގައި ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެމެވެ.
  3. ބީލަމާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނީ 2026 މޭ 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްކަންދަރު ސްކޫލް މީޓިންގ ރޫމްގައެވެ.
  4. ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 މޭ 13 ވާ ބުދަ ދުވަހުގެ 11:00 ގައި އިސްކަންދަރު ސްކޫލް މީޓިން ރޫމްގައެވެ.
  5. މިޕްރޮޖެކްޓާގުޅޭ ރެޖިސްޓްރޭޝަން ފޯމް، ބީލަން ފޮތް، ޖަދުވަލުތައް އަދި ކުރެހުން މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ނޯޓް: މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކޮށްފައިވާ (IUL)IS-BS/IS/2026/39    ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުމަކަށް ފެންނާތީ އެއިޢުލާން ބާޠިލް ކުރެވިފައިވާ ވަހަކަ ދަންނަވަމެވެ.

 

ނޯޓް: ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމުގަ ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މައުލުމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިސްކަންދަރު ސްކޫލް

ފޯން: 3323244

އީ-މެއިލް: [email protected]

03 މޭ 2026

03 މޭ 2026
ހޯދާ