ދިވެހިރާއްޖެ
(IUL)38-AC/38/2026/674:ނަންބަރު
އިޢުލާން
2026 ޖޫން 06 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
|
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ކޯޑު |
# |
|
އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލުގެ ދެކުނު |
މި ފޮށްޓަށް ވޯޓުލާނީ އައްޑޫ ސިޓީ ހިތަދޫ ތުއްތުދީދީކޮށި މަގުން އިރަށް، އެޅެމަގުން ދެކުނަށް، ޝަބާބު ހިނގުމުން އިރަށް، ހިރިގާމަގުން ދެކުނަށް، ޑޭޒީމަގުން އިރަށް ގޮސް ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ، ހިތަދޫ-1 |
S04.1.1 |
1 |
|
އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލު މެދު |
މި ފޮށްޓަށް ވޯޓުލާނީ އައްޑޫ ސިޓީ ހިތަދޫ ސުތުލިމަގުން އިރަށް، އެޅެދީދީ މަގުން ދެކުނަށް، އޯކިޑްމަގުން އިރަށް، ޕީރިސް ގޯޅިން އުތުރަށް، ކާރނޭޝަންމަގުން އިރަށް، ވައިލެޓްމަގުން އުތުރަށް، މަދޮށި ގޯޅިން އިރަށް، ހިރިގާމަގުން އުތުރަށް، ނަސީމީހިގުމުން އިރަށް، ޒަމާނީ ހިގުމުން ދެކުނަށް، އޯކިޑްމަގުން އިރަށް ގޮސް، ނިމޭ ސަރަޙައްދުގެ އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ، ހިތަދޫ-2 |
S04.1.2 |
2 |
|
އައްޑޫ ސިޓީ، ހިތަދޫ ސްކޫލް ހޯލު އުތުރު |
މި ފޮށްޓަށް ވޯޓުލާނީ އައްޑޫ ސިޓީ ހިތަދޫ ޖަވާހިރު ގޯޅިން އިރަށް، އެޅެދީދީ މަގުން ދެކުނަށް، ފިޔާތޮށިހިނގުމުން އިރަށް ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާއި ހަމަޔަށް ހިމެނޭ ސަރަޙައްދުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ، ހިތަދޫ-3 |
S04.1.3 |
3 |
|
އައްޑޫ ސިޓީ، ހިތަދޫ ސްކޫލްގެ ކްލާސްރޫމް 1 |
މި ފޮށްޓަށް ވޯޓުލާނީ އައްޑޫ ސިޓީ ހިތަދޫ ހަނދުވަރީ ހިގުމުން އިރަށް، އެޅެދީދީ މަގުން ދެކުނަށް ވައިލެޓް ހިނގުމުން އިރަށް، ޒަމާނީ ހިގުމުން އުތުރަށް، ފިނިފެންމާ ގޯޅިން އިރަށް، ބަހާރީމަގުން ދެކުނަށް، ޒިޔާރަތް މަގުން އިރަށް ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާއި ހަމަޔަށް ހިމެނޭ ސަރަޙައްދުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ، ހިތަދޫ-4 |
S04.1.4 |
4 |
|
އައްޑޫ ސިޓީ، ހިތަދޫ ސްކޫލުގެ ކްލާސްރޫމް 2 |
މިފޮށްޓަށް ވޯޓުލާނީ އައްޑޫ ސިޓީ ހިތަދޫ ޒިޔާރަތް މަގުން އިރަށް، އެޅިދީދީމަގުން ދެކުނަށް، ފެއަރލިން ހިގުމުން އިރަށް، ހުސައިނީ މަގުން އުތުރަށް،ޒިޔާރަތްމަގުން ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާއި ހަމަޔަށް ހިމެނޭ ސަރަޙައްދުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ، ހިތަދޫ-5 |
S04.1.5 |
5 |
|
މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ އިރުމަތި |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ވޯޓު ލުމަށް ރަޖިސްޓަރީ ކުރާ މީހުންގެ ތެރެއިން، އައްޑޫސިޓީ ހިތަދޫ ޖަވާހިރު ގޯޅިން އިރަށް، އެޅެދީދީ މަގުން ދެކުނަށް، ފިޔާތޮށިހިނގުމުން އިރަށް ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާއި ހަމަޔަށް ހިމެނޭ ސަރަޙައްދުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ ސިޓީ، މާލެ-1 |
ST.04.1 |
6 |
|
މާލެ، ދަރުމަވަންތަ ސްކޫލް، ދެކުނު އިމާރާތް، ލައިބްރަރީ ހުޅަނގު |
މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ވޯޓު ލުމަށް ރަޖިސްޓަރީ ކުރާ މީހުންގެ ތެރެއިން، އައްޑޫސިޓީ ހިތަދޫ ޒިޔާރަތް މަގުން އިރަށް، އެޅިދީދީމަގުން ދެކުނަށް، ފެއަރލިން ހިގުމުން އިރަށް، ހުސައިނީ މަގުން އުތުރަށް،ޒިޔާރަތްމަގުން ގޮސް ޝަމްސުއްދީން ބޮޑުތަކުރުފާނުމަގާއި ހަމަޔަށް ހިމެނޭ ސަރަޙައްދުގެ އުތުރު ފަރާތުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
އައްޑޫ ސިޓީ، މާލެ-2 |
ST.04.2 |
7 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
