މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާމަސީ، މެޑިކަލް ލެބޯޓަރީ ސައިންސް އަދި ރޭޑިއޯގްރަފީ ދާއިރާގެ ބިދޭސީން ރަޖިސްޓްރީ ކުރުން

އިޢުލާނު

 މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ފާމަސީ، މެޑިކަލް ލެބޯޓަރީ ސައިންސް އަދި ރޭޑިއޯގްރަފީ ދާއިރާތަކުގެ  ބިދޭސީން ރަޖިސްޓްރީކޮށް ލައިސަންސް ދިނުމާއި ގުޅޭގޮތުން މި ދަންނަވާ ބަދަލުތައް ގެނައުމަށް ވަނީ ނިންމާފައެވެ.

  1. މިގޮތުން މި ދާއިރާތަކުގެ ޑިޕްލޮމާ ފެންވަރުގެ ބިދޭސީން އިތުރަށް ރަޖިސްޓްރީކޮށް ލައިސަންސް ނުދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިވަގުތު ޑިޕްލޮމާ ފެންވަރުގައި ރަޖިސްޓަރީކޮށްފައިވާ ބިދޭސީންގެ ރަޖިސްޓްރޭޝަން، އެމްޕްލޯއީމަންޓް ކޮންޓްރެކްޓް އުވާލުމާހަމަޔަށް ނުވަތަ އެމްޕްލޯޔަރ ބަދަލުވުމާއި ހަމަޔަށް ޤަބޫލުކުރާނެ ވާހަކަ ދެންނެވީމެވެ.  އަދި ވަޒީފާގައި ތިބި ބޭފުޅުން އެމްޕްލޯއީމަންޓް ކޮންޓްރެކްޓް އައުކުރާހާ ދުވަހަކު ރަޖިސްޓްރޭޝަން އަދި ލައިސަންސް އައުކޮށްދެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި ދެންނެވި ބަދަލު ގެނެވިފައިވަނީ މި ދާއިރާތަކުން ހުށަހަޅާ އެޕްލިކޭޝަންތަކުގައި ޑިގްރީ ފެންވަރުގެ ބިދޭސީން އިތުރުވުމާއި ރާއްޖޭގައި މި ދާއިރާތަކުން ދެވޭ ޚިދުމަތުގެ ފެންވަރުމަތި ކުރުމުގެ ގޮތުންނެވެ.
  2. މީގެ އިތުރުން ފާމަސީ، މެޑިކަލް ލެބޯޓަރީ ސައިންސް އަދި ރޭޑިއޯގްރަފީ ދާއިރާތަކުން އިނގިރޭސި މީޑިއަމް އިން ފުރިހަމަކޮށްފައިވާ ބެޗްލަރޒް ޑިގްރީ ފެންވަރުން މަތީ ސެޓްފިކެޓް ހުށަހަޅާ ބިދޭސީން އެޕްލިކަންޓުން އިނގިރޭސިބަހުގެ ފެންވަރު ވަޒަންކުރުމުގެ އެސެސްމަންޓުގައި ބައިވެރިވާން ނުޖެހޭ ގޮތަށްވަނީ ނިންމާފައެވެ.    

  ވީމާ މަތީގައި ދެންނެވިފައިވާ ނިންމުންތަކާ އެއްގޮތަށް މިއަދުން ފެށިގެން މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އަމަލުކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

03 މޭ 2026
ހޯދާ