ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވޯޑްއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

"ބެސްޓް ހިއުމަން ރައިޓްސް ކްލަބް 2025" އެވޯޑް އަދި "ޔަންގް ހިއުމަން ރައިޓްސް އެޑްވޮކޭޓް 2025" އެވޯޑްއަކީ ހިއުމަން ރައިޓްސް ކްލަބްތަކުންނާއި އެ ކްލަބްތަކުގެ ދަރިވަރުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ދޭ 2 އެވޯޑެކެވެ. މި ދެ އެވޯޑް ދެވޭނީ ކޮންމެ ދިރާސީ އަހަރެއްގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ހާސިލުކޮށްފައިވާ، އެންމެ ހަރަކާތްތެރި ހިއުމަން ރައިޓްސް ކްލަބަކަށާއި ހިއުމަން ރައިޓްސް ކްލަބްގެ ދަރިވަރަކަށެވެ.

މި އެވޯޑް ދިނުމުގެ މައިގަނޑު މަޤްޞަދަކީ އިންސާނީ ޙައްޤުތަކަށް ސްކޫލުތަކުގެ ދަރިވަރުން އަޙުލުވެރިކުރުވައި، މުސްތަޤްބަލުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ގޮތުގައި މަސައްކަތްކުރާނެ ދަރިވަރުންތަކެއް އުފެއްދުމަށް ބާރުއެޅުމެވެ.

(IUL)168/1/2026/40 ނަންބަރު އިއުލާނުން ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ގާއިމުކުރެވިފައިވާ ހިއުމަން ރައިޓްސް ކްލަބްތަކަށާއި އެ ކްލަބް ތަކުގެ ދަރިވަރުންނަށް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުޞަތު މިއަދުން ފެށިގެން 21 މެއި 2026 ގެ 12:00 ނިޔަލަށް، ވަނީ އިތުރު ކުރެވިފައެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އެވޯޑަށް ހޮވުމުގައި ބަލާނެ މިންގަނޑު، އަދި އިތުރު މައުލޫމާތު މި ކޮމިޝަނުގެ ވެބްސައިޓްއިން ލިބެން ހުންނާނެއެވެ.

އެޕްލިކޭޝަން ފޯމުގެ ލިންކް:  https://hrcm.org.mv/dv/human-rights-club

އެޕްލިކޭޝަން ހުށަހެޅުމަށް [email protected] އަށް ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އަދި ފޯމާއެކު ހުށަހަޅަންޖެހޭ އިތުރު ލިޔުންތައް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 މޭ 2026
ހޯދާ